އެމްޑީޕީގެ އެއްބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އަވަހަރާވުމާއި ގުޅިގެން، ރައްޔިތުން މަޖިލީހުގެ އިދާރާގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަރުހޫމް ލަތީފްގެ ހަނދާނުގައި އިއްޔެ ހުޅުވި އެދަފްތަރުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ސޮއި ކުރައްވާފައިވާ ކަމަށެވެ.
ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ނަޝީދު ލިޔުއްވާފައިވަނީ މަރުޙޫމް ލަތީފަކީ ދިވެހިރާއްޖޭގައި މަދުން ނޫނީ ނުފެންނަ ފަދަ ލީޑަރެއް ކަމަށެވެ. އެމަނިކުފާނަކީ ސިޔާސީ އިލްމުވެރިއެއް، ފިލޯސަފަރެއް، އަދި އިންތިހާއަށް މައުލޫމާތު މުއްސަނދި ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ހިތްތިރި ހިތްހެޔޮ އޯގާތެރި، ވަފާތެރި ބޭފުޅެކެވެ. ދިވެހިރާއްޖެ މިއަދު މިދެކޭ ޑިމޮކްރަސީއަށް ބަދަލުކުރުމުގެ އެންމެ ބޮޑު ހިއްސާދާރެވެ،" ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިމަހުގެ 3 ވަނަ ދުވަހު ލަތީފް އަވަހާރަވެފައިވާއިރު ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ނެތްއިރު، ސްރީލަންކާގައި އެމްޑީޕީ އިއުލާނުކޮށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެއްބޭފުޅަކީ ގޯގޯ ލަތީފެވެ.
މަރުޙޫމް ލަތީފަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި، ރައީސް މައުމޫންގެ ދައުރުގައި ޖަލުގައި ހިނގި އީވާން ނަސީމް މަރުވި ބަޑިޖެހުމުގެ ހާދިސާއާއި ގުޅިގެން އެކަމުގައި ރައީސް މައުމޫންގެ ސަރުކާރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެއްބޭފުޅަކީ މަރުޙޫމް ލަތީފެވެ.

ކިޔުންތެރިންގެ ހިޔާލު