ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމުގެ ހަރަކާތެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ރޭ ކުރިއަށްގެންދިޔަ "ދަ ސަން ވިލް ޝައިން އަގެއިން" ގައި އާއްމު ކުރި ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ވީޑިއޯއަށް ޚަރަދު ކޮށްފައި ވަނީ 3000 ރުފިޔާ ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަލީ ވަހީދުގެ ވީޑިއޯއަށް ޚަރަދުކުރި ފައިސާގެ އަދަދު ހާމަކޮށްފައިވަނީ އޮންލައިން ނޫހަކުން ޓްއަރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. މިނިސްޓަރ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީޑިއޯއަށް ޚަރަދު ކޮށްފައި ވަނީ 194 އެމެރިކާ ޑޮލަރު ނުވަތަ 3000 ރުފިޔާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެފައިސާ އަކީ މިއުޒިކް ކޮމްޕޯސާއަށް ދޭން ޖެހޭ ފައިސާ ކަމަށެވެ.
ވީޑިއޯގެ މަސައްކަތަކީ ޓްއަރިޒަމް މިނިސްޓްރީ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތެއް ކަމަށް ފާހަގަކުރައްވައި މިނިސްޓަރ ވަނީ އެ ވީޑީއޯގައި މަސައްކަތް ކުރި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރ އަލީ ވަހީދު އެކްޓް ކުރައްވާފައިވާ މި ވީޑިއޯގައި ވިދާޅުވެފައިވަނީ، ދުނިޔެމަތީގައި މިފަދަ ދެވަނައެއް ނުވާ ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައީ 1972 ވަނަ އަހަރުގައި ކަމަށާއި އުންމީދަކީ އަންނަ ޖުލައި މަހު އަނެއްކާވެސް ފަތުރުވެރިކަން ހުޅުވާލުން ކަމަށެވެ.
56 ސިކުންތުގެ މި ވީޑިއޯ ކްލިޕުގައި މިނިސްޓރު އަލީ ވަހީދު ސްޕީޑު ބޯޓަކުން ފިނޮޅަކަށް ވަޑައިގަންނަވާ މަންޒަރު ފެނެއެވެ. އަދި ކާއްޓެއް ނަންގަވައިގެން ގޮނޑުދޮށުގައި ބަހައްޓާފައި ހުންނަ މޭޒެއްގެ ކައިރީގައި ލެޕްޓޮޕް ހުޅުއްވާލައްވައިގެން މަސައްކަތް ކުރައްވާ މަންޒަރުވެސް މި ވީޑިއޯ އިސްތިހާރުގައި ފެނިގެންދެއެވެ. އަދި މި ވިޑިއޯއާއެކު ފެޝަން ޝޯއަކުން ފެންނަ ޒާތަށް ނަންގަވާފައިވާ ފޮޓޯތަކެއް ވެސް ޓްވީޓް ކުރައްވާފައި ވެއެވެ. މި ވީޑިއޯ ނެގުމުގައި ޑްރޯން ބޭނުންކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
މީގެކުރިން ދިވެހި ސަރުކާރުގެ އެންމެ އިސް ބޭފުޅުންގެ ތެރެއިން މިފަދަ ކަމެއް ކުރައްވައިގެން ދުނިޔޭގެ ސަމާލުކަން ހޯއްދަވާފައިވާ ހަމައެކަނި ބޭފުޅަކީ ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން ދުނިޔޭގެ ސަމާލުކަމަށް ގެންނެވުމަށްޓަކާ ރައީސް ނަޝީދު ހަރަކާތްތެރިވެ ވަޑައިގެންނެވި މި ވީޑިއޯއަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔަ ވަރަށް މަޝްހޫރު ވިޑިއޯއެކެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައިއޮތް އޮތުމަށް ނިމުމެއް ގެނެސް މި ސިނާޢަތް އަލުން ފެށުމުގެ މަސައްކަތުގައި ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ކުރީސަފަށް ނުކުމެ ވަޑައިގެން އަމަލީ ގޮތުން މިމަސައްކަތުގައި ބައިވެރިވެވަޑައިގެންފައިވާއިރު އަލީ ވަހީދު އެކްޓް ކޮށްފައިވާ ވިޑިއޯއާއިމެދު ވެސް ޚިޔާލުތައް ވަނީ ދެކަފިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު