ބަރަހަނާ ވީޑިއޯތަކާ ގުޅިގެން ފުލުހަކު ސަސްޕެންޑު ކޮށްފިއެވެ.
މީސްމީޑިއާގައި ސިލްސިލާކޮށް އާންމުވަމުންދާ ބަރަހަނާ ވީޑިއޯތަކާ ގުޅިގެން ފުލުހަކު ސަސްޕެންޑް ކޮށްފައިވާއިރު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭ ފުލުހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ ޢާއްމުވެފައެވެ.
ފުލުހުން މިއަދުބުނީ ވީޑިއޯއާ ގުޅިގެން ފުލުސްމީހާގެ ޖިނާއީ ތަހުޤީޤުގެ އިތުރުން އަޚްލާޤީ މައްސަލަވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް އިން ބަލަމުން ގެންދާ ކަމަށެވެ.
"ޕޮލިސް އޮފިސަރ ހުރީ މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑް ކޮށްފަ." ފުލުހުން ބުނެފައިވެއެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި، މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި އަލަމްގިރި ފުރުން މަނާކޮށް ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން ދާއިރު، ވީޑިއޯތައް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރަމުންދާ ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު