ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ ކުޑަ ކުރި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި އެވެ.
އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ޖޫން އެއްވަނަ ދުވަހު އެ މައްސަލަ ހުށަހަޅާފައިވަނީ ރައީސާއި ނާއިބް ރައީސްގެ މުސާރަކުޑަކުރީ ގާނޫނާއި ޚިލާފަށް ކަމަށް ބުނެއެވެ. ސްޕުރީމް ކޯޓުން މިއަދު ބުނީ އެމައްސަަލަ ހުށައަޅާފައިވަނީސުޕްރީމް ކޯޓުގެ ގަވައިދާއި އެއްގޮތަށްކަމަށް ވާތީ އެ މައްސަލަ ހުށަހެޅުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޤާނޫނު ނަމްބަރު 11/2009 (ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނު)ގައި ރައީސް އާއި ނައިބު ރައިސްގެ މުސާރަ ކަނޑައަޅާފައިވަނިކޮށް، އަދި ވަކި ގާނޫނަކުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވާ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް، އެ ޤާނޫނަށް ބަދަލުގެނައުމެއް ނެތި މަޖިލީހުން ފާސްކުރި ކުރުމަކުން ކުޑަކޮށްފައިވާކަމަށެވެ.
އެގޮތުން ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ މަޖިީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ މުސާރަ ގާނޫނުތަކުގައި ބުނެފައިވާ ގޮތްތަކާއި ހިލާފަށް މަޖިލީހުގެ ކޮމިޓީއަކުން ނިންމި ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުން ކުޑަކުރުމަށް ނިންމި ނިންމުމަކީ ބާތިލު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށް އެ މައްސަލައިގައި އެދިފައިވެއެވެ. މީގެ އިތުރުން އެ މައްސަލަ ސްޕުރީމް ކޯޓުން ވަކިގޮތަކަށް ނިމެންދެން މުސާރަތައް ކުޑަކުރުމަށް މަޖިލީހުން ނިއްމި ނިއްމުމަށް އަމަލު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު