ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ކޯވިޑް-19 އާއި ގުޅިގެން ގައުމަށް ދިމާވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެ އިން ބޭރުން ލިބެމުންދާ ލުއި ތަކަކީ ރައީސް ސޯލިހްގެ ޚާރިޖީ ސިޔާސަތު ހަރުދަނާވުމުން ލިބޭ ލުއިތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ، ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ކަން ކުރެެއްވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ، ވަނީ، ކޯވިޑް-19 އާއި ގުޅިގެން ގައުމަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށާއި، ގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ރައީސް ސޯލިހްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ލިބެމުންދާ ބޮޑެތި ލުއިތައް ފާހަގަކުރައްވާ ފައެވެ.

"ކޯވިޑް-19ގެ ސަބަބުން ގަައުމަށް މި ދިމާވި ގޮންޖެހުންތަކުގައި ރައީސް ސޯލިހްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން އިގްތިސާދު މަސަލަސް ކުރެއްވުމަށް ބޭރުން މި ލިބޭ ބޮޑެތި ލުއިތައް ފާހަގަކުރެވޭ." ދީދި މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

ދީދީ މިހެން ވިދާޅުވެފައިވަނީ ޗައިނާއިން ދަރަނި ފަސްކޮށްދޭން ވިސްނަމުންދާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ޗައިނާ ސަފީރު ޒާން ލިއޮން ވިދާޅުވި ކަމަށް ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދު ވިދާޅުވި ވާހަކަތަކަށް އިޝާރަތްކުރައްވަމުންނެވެ. އަދި ދީދީ މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދު ކުރެެއްވި ޓުވީޓްގައި ޗައިނާއިން ދިން ލުޔާ ގުޅިގެން ރައީސް ސޯލިހްގެ ސިޔާސަތާއި މަސައްކަތްޕުޅު ފާހަގަ ކުރައްވާފައި ނުވާތީކަމަށް ގަބޫލުކުރެވެއެވެ.



ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދަކީ ރައީސް ސޯލިހް ދެއްވާ ލަފަޔާ އިރުޝާދާ އެއްގޮތަށް އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރައްވާ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅެއް ކަމުގައި ވާއިރު ރައީސް ސޯލިހާއި ސަރުކާރުގެ މަސައްކަތްތައް ޝާހިދު ފާހަގަކުރައްވަމުން ނުގެންދަވާތީ އާންމުންގެ ގިނަބަޔަކު ދަނީ އެކަމާ މެދު ސުވާލުއުފައްދަމުންނެވެ. އަދި ސަރުކާރާއި ރައީސް ޞާލިޙު ސިޔާސަތުތައް ޕްރޮމޯޓް ކުރެއްވުމުގެ ބަދަލުގައި ޚާރިޖީ ވަޒީރު އަބަދުވެސް ވިސްނުން ގެންގުޅުއްވައި އިސްކުރައްވަނީ އަމިއްލަ ޒާތުފުޅާއި އަމިއްލަ މަސައްކަތްތައް ޕްރޮމޯޓްކޮށް ވިއްކެވުމަށް ކަމަށް ސަރުކާރު ކޯލިޝަންގެ އިސް ބޭބޭފުޅުންވެސް ފާހަގަ ކުރައްވައެވެ.

ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދަކީ 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބާމެދު ފިކުރު ހިންގަވާ ބޭފުޅެއްގެ ކަމަށް ވިދާޅުވެ އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ވެސް ސިފަ ކުރައްވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ. ހިސްވި ހަފުތާގައި ޓީވީ ޕްރްގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް ވަނީ ކޯލިޝަންގެ ވަޒީރުންގެ ތެރޭގައި ރިޔާސީ އިންތިޚާބާމެދު ފިކުރު ހިންގަވާ ވަޒީރުން އެބަ ތިއްބެވިކަން ފާހަގަ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


15

ޒަރީރު

11-Jun-2020

ޑީޑީ ގެ ވާހަކަ 100 ޝާހިދު އަތުގެ ކޮންމެ އިނގިއްޔަކަށ



ޓްރެންޑިން