މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) ހިންގި އިމާރާތް ބޭނުންކުރުން ހުއްޓުވަން މަންދު ކޮލެޖު ހިންގަމުންދާ ކުންފުނި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
މަންދު ކޮލެޖުގެ މައްސަލާގައި މިދިޔަ ފެބްރުއަރީމަހު ސިވިލް ކޯޓުން ނިންމާފައިވަނީ އެމްއީއެސް ހިންގި އިމާރާތް މަންދު ކޮލެޖާ އަލުން ހަވާލުކުރެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމް މަންދު ކޮލެޖުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށް އެދިފައިވަނީ މައްސަލަ ވަކި ގޮތަަކަށް ނިމެންދެން އެ އިމާރާތް އެއްވެސް ކަމަކަށް ބޭނުން ނުކުރުމަށާއި އިމާރާތުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން އިތުރު ދަރިވަރުން އެންރޯލް ނުކުރުމަށް އެންގުމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
ނަމަވެސް ހައިކޯޓުން ނިންމަވާފައިވަނީ މަންދުކޮލެޖުން އެދިފައިވާ އަމުރު ނެރެނުދީގެން މަންދު ކޮލެޖަށް މިހާރު ލިބޭނެ ގެއްލުމެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެހްން ނަމަވެސް އިމާރާތް ބޭނުންކުރުން ހުއްޓުވަން އަމުރު ނެރެފިނަމަ އެތަނުގައި މިހާރު ހިންގަމުންދާ އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.
އެހެންކަމުން މަންދުކޮލެޖުން އެދުނު އަމުރު ހައިކޯޓުން ނެރެދީފައެއް ނުވެއެވެ.
މަންދުކޮލެޖްގެ މައްސަލާގައި ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އަދި ސިވިލްކޯޓުން ވަނީ 15 މިލިއަން ރުފިޔާ އެއްމަސްތެރޭގައި އެ ކުންފުންޏަށް ދެއްކުމަށް މިދިޔަ އަހަރުގެ އޭޕްރީލް 19 ގައި ޙުކުމް ކޮށްފައެވެ.
އިބްރާހިމް އިސްމާއިލް (އިބުރާ) ގެ މަންދު ކޮލެޖާއި އެމްއީއެސް ހިންގަން ހަވާލުކޮށްފައި އޮތް އެއްބަސްވުން އުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ. އެއެއްބަސްވުން އުވާލީ އެއްބަސްވުމުގައި އޮތްގޮތަށް އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ނުހިންގާ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު