ދިވެހިރާއްޖެއަށް ޔުކްރޭނުން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އީގޯ ޕޮލީކާ މަގާމުން ވަކިކޮށްފިި އެވެ.

ރާއްޖޭގެ ސަފީރު ކަމަށް އީގޯ ޕޮލީކާ ހަމަޖައްސަވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އީގޯ ޕޮލީކާ އަކީ ރާއްޖޭގެ އިތުރުން އިންޑިއާއަށް ވެސް ކަނޑައަޅާފައި ހުންނަ ޔޫކްރޭންގެ ސަފީރެވެ. އޭނާ މަޤާމުން ވަކިކޮށްފައިވަނީ ރޭގެ ވަގުތެއްގައި ޔޫކްރޭންގެ ރައީސް ވުލަޑަމިއަރ ޒެލެންސްކީ ނެރުއްވި ރިޔާސީ ގަރާރަކުންނެވެ.

ޔޫކްރޭނުން ވަނީ އެ ގައުމުން އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރާއި، ބަންގްލަދޭޝަށް ކަނޑައަޅާފައިވާ ސަފީރާއި، ނޭޕާލަށް ކަނޑައަޅާފައިވާ ސަފީރާއި، ލަންކާއަށް ކަނޑައަޅާފައިވާ ސަފީރާއި އަދި ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވެސް މަޤާމުން ވަކިކޮށްފައެވެ. ހަމައެއާއެކު ޖަރުމަނާއި ޗެކް ރިޕަބްލިކާއި ނޯވޭ އަށް ކަނޑައަޅާފައި ތިބި ސަފީރުންވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

މިކަމާގުޅިގެން ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވެފައި ވަނީ އެމްބެސަޑަރުން ވަކިކުރެއްވުމަށް ނިންމެވުމުގައި ޚާއްސަ ސަބަބެއް ނެތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު