ތެލުން ސަބްސިޑީ ދިނުމަށް ބިލިއަނަކަށްވުރެ ގިނަރުފިޔާ ޚަރަދުކޮށްްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާތީ ތެލުން ސަބްސިޑީ ދިނުމަށް ސަރުކާރުން ކުރި ޚަރަދު ބަޖެޓުކުރި އަދަދަށްވުރެ ވަނީ އިތުރުވެފައެވެ. މިއަހަރުގެ ބަޖެޓުގައި ތެލުން ސަބްސިޑީ ދިނުމަށް 350 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމުނުއިރު މި އަދަދު ވަނީ ބިލިއަނަކަށްވުރެ މައްޗަށް އަރާފައެވެ.
މިހާރުގެ އަންދާޒާތަކަށް ބަލާއިރު، ތެލުގެ އަގު ބޮޑުވަމުންދާނަމަ 1.9 ބިލިއަނަށް މި އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ސަރުވަޝް ވިދާޅުވިއެވެ. އެކަމާގުޅިގެން ދަޢުލަތުން އުފުލަންޖެހޭ ބުރަ ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ ތެލަށް ފައިސާދެއްކުން އަހަރުތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމާމެދު އެކިފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުން ތެލުގެ ސަބްސިޑީގެ ބުރަ ނަގަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތައް ހޯދާދިނުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 100 ޑޮލަރުން މައްޗަށް އަރާފައެވެ. މިއަގު މިއަހަރު ތެރޭގައި ދަށްވާނެކަމަކަށް މާހިރުން ލަފައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު