ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް
ޤައުމާ ރައްޔިތުން ބިކަވާނެ ކަމަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ހިތްވަރު ނުދެއްވާނެ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން މިގޮތަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވުމުގައާއި ގައުމު ދަރަނިވެރި ކުރުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ހިއްސާ އެބަ އޮތްކަމަށް ޕީއެންސީގެ ސެކެޓްރީ ޖެނެރަލް ޝިފާގް މުފީދު (ހިސްޓޯ) ވިދާޅުވާ ގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕަރސަން ޢަލީ ޞާލިޙް މިއަދު ވިދާޅުވީ ޖުމްހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމަކީ އެއްވެސް އިރަކު ގައުމާއި ރައްޔިތުން ބިކަވާނެ އެއްވެސް ކަމަކަށް ހިތްވަރު ދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ކޮންމެ ގެއްލުމެއްގެ އަސަރު ސީދާ ގޮތެއްގައި ކުރާނެ އެއްބޭފުޅަކީ ޤާސިމް އިބްރާހިމް ކަމާއިމެދު ދެބަސްވާނެ އެއްވެސް ފަރަދަކު ނުހުންނާނެ ކަމަށްވެސް ޢަލީ ޞާލިޙް ވިދާޅުވިއެވެ.

"ވީއިރު ސިޔާސީ ބޭނުމަށް ސިޔާސީ ބުރަދަނެއްނެތް ކަރުދާހު ކޯލިޝަން ޕާޓީގައި އުޅޭ ޝިފާގު (ހިސްޓޯ) ސަންގު ޓީވީގައި ދެއްކި ވާހަކަތަކަކީ ރިލަވަންޓް ވާންވެގެން ދެއްކި ވާހަކައެއްކަމީ ޝައްކެއްވެސް ނެތްކަމެކެވެ." ޝިފާޤަށް ރައްދު ދެއްވަމުން ޢަލީ ޞާލިޙް ވިދާޅުވެފައިވެއެވެ.



ޢަލީ ޞާލިޙް އިތުރަށް ވިދާޅުވީ ދުނިޔެއަށް ދިމާވެފައިވާ އިޤްތިސާދީ ކާރިސާގެ ވާހަކަ ސިޔާސީ ބޭނުމަށް ރައްޔިތުން ބިރުގެންނެވުމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ދެކެ ނަފުރަތު އުފެއްދުމަށް ދެއްކުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު