މިދިޔަ ހަފްތާގައި ކޮވިޑަށް ފައްސިވީ 771 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ހަފްތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 771 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ފޮޒިޓިވްވެފައިވާ 192 މީހުންނާއި އެހެނިހެން ރަށްރަށުން ޕޮޒިޓިވްވި 304 މީހުންނެވެ. އަދި 275 މީހަކު ރިސޯޓްތަކުންނާއި، ސިނާއީ ރަށްތަކުންނާއި، ސަފާރީ އުޅަނދުތަކުން ޕޮޒިޓިވްވެފައިވެ އެވެ.
ދާދިފަހުން އެޗްޕީއޭއިން ބުނެފައިވަނީ ފާއިތުވި މަސްތަކުގައި ކޮވިޑް ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް ކޭސްތައް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި 31 މީހަކުވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 183491 އަށް އަރާފައެވެ.
އެޗްޕީއޭއިންވަނީ ކޮވިޑްގެ ހާލަތު އަލުން ގޯސްވިޔަ ނުދިނުމަށް ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، އެކަހެރިވެ ޓެސްޓުތައް ހެދުމަށާއި އަދި މާސްކް އަޅަން އިލްތިމާސްކޮށްފަވެ.

ކިޔުންތެރިންގެ ހިޔާލު