ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް މީޑިޔާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އާމިނަތު އަމީނާ، އަނާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރާނެ މެމްބަރަކު ކަނޑައަޅަން ނެގި ވޯޓުގައި އަނާއަށް ލިބުނީ 63 ވޯޓެވެ. އޭނާގެ ނަން ފާސްވުމުން ދެން އެހެން ނަމަކަށް ވޯޓަށް އަހާފައެއްނުވެ އެވެ.
އަނާ ވަނީ މީޑިޔާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ. ނޫސްވެރިކަމުގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ އަނާ ވަނީ ނޫސްވެރިކަމުގެ އިނާމް ދެ އަހަރަކު ހާސިލްކުރައްވައިފަ އެވެ.
އަނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީ މީޑިއާގައެވެ. ވީ ޓީވީގެ ސީނިއަރ އެޑިޓަރެއްގެ އިތުރުން ވީޓީވީގެ ޕްރެސެންޓަރ އެއްގެ ގޮތުގައި ޚަބަރާއި ޕްރޮގްރާމް ހުށައަޅައިދެއްވުމުގައި އަނާއަކީ ފާހަގަ ކޮށްލެވޭ ހުށައެޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު