މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހަންމަދު ނާޒިމް
މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހަންމަދު ނާޒިމް
މައިނޯރިޓީގެ އަޑު ނެތި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހަންމަދު ނަޝީދު، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހަންމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާ ތަމްސީލް ކުރައްވާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމުހޫރީ ޕާޓީގެ މެމްބަރު މުހަންމަދު ނާޒިމް މިއަދު ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ، މައިނޯރިޓީގެ އަޑު ނެތި މަޖިލިސް ހިންގަވަން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އުޅުއްވުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ނާޒިމް ޓްވީޓް ކުރައްވާފައި ވަނީ މަޝްހޫރު މަހާތުމާ ގާނދީ، މައިނޯރިޓީއާއި ގުޅޭ ގޮތުން ވިދާޅުވެފައިވާ ބަސްފުޅަކާއެކުގައެވެ.



އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ މެންބަރުން މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފައި ވަނިކޮށް، ރައީސް ނަޝީދު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޖަލްސާގެ ހާޒިރީއަށް ބަލާއިރު ފެންނަނީ ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ޖަލްސާ ބޮއިކޮށްޓް ކޮށްފައިވާ ކަން ކަމަށެވެ. ނަޝީދު އެހެން ވިދާޅުވީ ތަޅުމުގައި އެ ޕާޓީގެ މެންބަރަކު ނެތުމުން އެ ކަމަށް އިޝާރަތް ކުރައްވަމުންނެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން މަޖިލީހަށް ވަޑައިނުގަތަސް އެކަން ފާހަގަ ނުވަނީ އެއީ ކުރިން ވެސް އެހާ ގިނައިން މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުންނަށް ނުވާތީ ކަމަށް ވެދާނެ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ހިންގި މާރާމާރީއާ ގުޅިގެން އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ނެތް ކަމަަށް ނިންމައި، އިދިދކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފައެވެ. އިއްޔެ އާއި މިއަދުގެ ޖަލްސާ އަށް ވެސް އެ ކޯލިޝަންގެ މެމްބަރުން ހަޒިރުވެ ވަޑައެއް ނުގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ދުރުމި

11-Jun-2020

މި ގައުމު ގެ ހަލާކު


-6

ޖައުފަރު

10-Jun-2020

ޑިމޮކުރަސީގެ ބައްޕަކަމަށް ދައުވާކުރައްވާ ބޭފުޅަކު ރިޔާސަތުގަ ހުންނަވައިގެން އެހާވާ ހަޑި ފެނުނި ހަގީގަތުގަ ވެސް ދެރަވޭ



ޓްރެންޑިން