ކ. މާފުށީ ބޭރުން ދޯންޏެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، ކ. މާފުށީ ބޭރުން 2 ނޯޓިކަލް މޭލު އިރުން، ދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓް ގާޑަށް ލިބިފައިވާ ކަމަށެވެ.
އެ ދޯނީގެ ބައެއް އޮޔާދަނީ މާފުށީގެ އިރުމައްޗަށް ވާގޮތަށް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފައިވެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ އެ ސަރަަހައްދުން ދަތުރުކުރާ އޮޑިދޯނިފަހަރާ އެހެނިހެން އުޅަނދުތައް އެކަމަށް ސަމާލުކަން ދިނުމަށާއި، ރޭގަނޑު އެ ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު