ޝައިޚް އިމްރާން ރައީސް ޞާލިޙްގެ އަރިހުގައި
ޝައިޚް އިމްރާން ރައީސް ޞާލިޙްގެ އަރިހުގައި
އަދާލަތު ޕާޓީ ދެމިއޮންނާނީ އިސްލާމީ އުސޫލުތައް ނެގެހެއްޓުމުގައި ކަމަށް އެޕާޓީގެ ރައީސް އަދި ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީއަށް މި ސަރުކާރުގައި ޙަވާލުކޮށްފައިވަނީ އިސްލާމްދީން ޙިމާޔަތް ކުރުމާއި ރާއްޖޭގެ ދާޚިލީ ހަމަޖެހުން ޤާއިމުކުރުމެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީ އާއި ދާޚިލީ ވުޒާރާގެ ޒިންމާތައް މަތިކޮށްފައިވަނީ އެޕާޓީއަށެވެ. އެހެން ނަމަވެސް ޔޯގާ ދުވަސް ފާހަގަކުރުމާއި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެންނަ ނުފޫޒުހުރި ބައެއް މީހުން ހައްޔަރު ނުކުރާ މައްސަލާގައި އެ ޕާޓީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އަދާލަތު ޕާޓީއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ޢިމްރާން މިއަދު ވިދާޅުވީ އެޕާޓީ އުފައްދާފައިވަނީ ދިވެހިރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމްދީނުގެ މަތިވެރި އުސޫލްތައް ނެގެހެއްޓުމަށް ކަމަށެވެ.

"އިންޝާالله. މި ޕާޓީ ދެމިއޮންނާނީވެސް އެ ޒިންމާ އަދާކުރުމުގައެވެ." ޢިމްރާން ވިދާޅުވެފައިވެއެވެ.



މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ އެއްޖިންސުން ގުޅުންހިންގާ މަންޒަރުތައް ފެންނަ ވިޑިއޯތަކާގުޅިގެން ޢަދާލަތު ޕާޓީން މީގެކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިފަދަ އަމަލުތަކުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރަންޖެހޭ ކަމަށާއި އެކަމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ކުރެވެމުން ނުދާ ކަމަށް އެފަދަ މުންކަރާތްތައް ފަތުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް މި ސަރުކާރުގެ ފިޔަވަޅުއަޅާ މައި އިދާރާއާއި ހަވާލުވެ އޮތް ޢަދާލަތު ޕާޓީން ހާމަކޮށްފައިވެއެވެ.

އަދި މިފަދަ ފާހިޝް އަމަލުތައް ފެތުރިގެން ދިއުމުގެ ކުރިން، ދަޢުލަތުގެ އެންމެމަތީ ފަރާތުން ފެށިގެން އެންމެހާ އަފްރާދުން އެކަމާ ދެކޮޅަށް ތެދުވުމަށްވެސް ޢަދާލަތުން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު


5

ފާތިމަތު އުލާ

15-Jul-2022

އިމުރާނޫ,މުންޖޭ ނުކުޔަބަ, ކަލޭމެން ސޭހުންގެ ތާޖު ބޮލުގަ އަޅާގެން ތިކުރާކަމަކީ ދީން ނީލަންކިއުން, ތިބުނާ އަދާލަތުޕާރޓި ވެރިކަމުގެ ބާރުތައްލިބި އޮވެގެން ނޫންތަ ހުރިހާ ޖަރީމާތަކެއް އެ ހިންގަނީ. ކުޑަމިނުން ޗުއްޕު ވެސް ބުނަން ނުކެރޭ, ރައްޔިތުން ގުނބޯ ނުހެއްދޭނެ މިހާރު, ކަލޭ ގުނބޯ ހެދިގެން ހުރެބަ, ބަހާ ޢަމަލާ ދިމާނުވާ ބައިގަނޑެއްތީ..