ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ވ) އާއި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ވ) އާއި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް
ސްރީލަންކާ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިހެން ވިދާޅުވީ ލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި މިލިޓަރީ އެއަރކްރާފްޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުގެ ހުއްދަ ދެއްވީ ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެނެވެ.

މިކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސްގެ މަޤާމުގައިވެސް ހުންނެވި ޝިޔާމް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު، ރައީސް ނަޝީދު ހިތްޕުޅާވާހާ ގޮތަކަށް ބޭނުން ނުކުރެއްވުމަށް އިލްތިމާސް ކުރަށްވާފައެވެ.

"ސްރީލަންކާގެ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރައްވާ. މަޖިލިސް ރައީސް ބޭނުންފުޅުވިޔަސް ނުކުރެއްވޭނެ ކަންކަން ހުންނާނެ." ޝިޔާމް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ޝިޔާމްވަނީ ލަންކާގެ ރައްޔިތުންގެ ވިންދާ ދެކޮޅަށް ރާއްޖޭގެ އިޚްތިޞާސްގެ ތެރޭގައި ކުރާ ކަންކަމުގެ ފުރިހަމަ ޒިންމާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ބައިނަލްއަޤްވާމީ ބައެއް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ގޯޓަބަޔާ އަދި އޭނާގެ އާއިލާ ދަތުރުކުރެއްވި އަސްކަރީ މަތިންދާބޯޓު ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ރާއްޖޭގެ އެއާ ޓްރެފިކް ކޮންޓުރޯލުން ނުދިނެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ އެކަމުގެ ތެރެއަށް ވަންނަވާ އެ ހުއްދަ ހޯދައިދެއްވާފައިކަމަށް ހަބަރުތައް ބުނެއެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ އެކަމާގުޅިގެން މަޖިލީހުގެ އިދާރާއަށް އެއްވެސް މަޢުލޫމާތެއް ލިބިފައިނެތް ކަމަށެވެ. އަދި ޚާރިޖީ ވުޒާރާއިންނާއި ދިފާޢީ ވުޒާރާއިންވެސް މި މައްސަލާގައި މިހާތަނަށް ރަސްމީބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު