އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފާތިފަތު އަފްޝަން ލަތީފު (އެލްޖީއޭގެ ސީއީއޯ)
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފާތިފަތު އަފްޝަން ލަތީފު (އެލްޖީއޭގެ ސީއީއޯ)
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އުވުމުން އެ ބޯޑު އަލުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އެކުލަވާލައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނުގެ ދަށުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި 7 ބޭފުޅަކު މިއަދު ރައީސުލްޖުމްހޫރިއްޔާ އެ ބޯޑަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

އެބޯޑަށް ރައީސް އައްޔަން ކުރައްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (އެލްޖީއޭގެ ރައީސް) އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓު މުހައްމަދު ޝިހާބު، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، ފާތިފަތު އަފްޝަން ލަތީފު (އެލްޖީއޭގެ ސީއީއޯ)، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފު އަދި ޕްލޭނިން މިނިސްޓްރީގެ ނާއިބު ފާތިމަތު ނިއުމާ އެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމަށް އަފްޝަން އައްޔަން ކުރައްވާފައިވާއިރު އޭނާ އަކީ އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލެވެ.އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލަން ޖެހުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލުގައި އެގޮތަށް ބަޔާން ކޮށްފައި އޮތުމުން ކަން ފާހަގަކޮށްލެވެއެވެ.

މި މަހުގެ ދެވަނަ ދުވަހު ރައީސް ސޯލިހު ތަސްދީގު ކުރެއްވި އެ ގާނޫނުގައި ބުނެފައިވަނީ އެލްޖީއޭއަށް ރައީސުލްޖުމްހޫރިއްޔާ ހަތް މެމްބަރުން އައްޔަންކުރަންޖެހޭނެ ކަމަށެވެ. އެލްޖީއޭއަށް އައްޔަން ކުރާ މެމްބަރުން ނަކީ މިހާރު ދައުލަތުން މުސާރަދޭ މަގާމެއްގައި ހުރި މީހެއް ނަމަ އޭނާއަށް އިތުރު މުސާރައެއް ދޭން ނުޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން