ދުނިޔަވީ ލައްޛަތައްޓަކައި ދީނާއި އަބުރު ވިއްކާނުލުމަށް ޑރ. މުޙައްމަދު އިޔާޒް ގޮވާލައްވައިފިއެވެ.
ޑރ. މުޙައްމަދު އިޔާޒް މިގޮތަށް ގޮވާލައްވާފައިވަނީ ގިނަޢަދަދެއްގެ ދިވެހިންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްްގެ އަލަމްގިރި ގެ ބަންދަށް 5 ދުވަސް ޖެހުމާ ގުޅިގެންނެވެ. އަލްމަގިރިއަށް 5 ދުވަސް ޖަހާފައިވާއިރު ޔޯގާ ޙަރަކާތާ ގުޅިގެން ހައްޔަރުކުރި ބައެއް މީހުންނަށް ވަނީ 45 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައެވެ.
އެކަމާ ގުޅިގެން ޑރ. އިޔާޒް ވަނީ ޤާޟީން ﷲ އަށް ބިރުވެތިވުމަށް ގޮވާލައްވާފައެވެ. އަދި ދުނިޔަވީ ލައްޛަތައްޓަކައި ދީނާއި އަބުރު ކުޑަ އަގަކަށް ވިއްކާނުލުމަށް ޑރ. އިޔާޒް ވަނީ އިލްތިމާސްކުރަށްވާފައި ވެއެވެ.
"ހަޑިމުޑުދާރު ފާޙިޝް ޢަމަލު ހިންގިމީހާ އަށް ފަސް ދުވަސް، މުންކަރާތް މަނާކުރިމީހުންނަށް ފަސްދޮޅަސް ދުވަސް، ޤާޟީ ﷲ އަށް ބިރުވެތިވުމުގެ ޚިޔާލެއްވެސް ނެތީތޯ؟" ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއެކު އެއް ޖިންސުން ޖިންސީގުޅުން ހިންގައި ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިއްމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަލަމްގީރު ވަނީ 40 އަށް ވުރެ ގިނަ ދިވެހިންނާއި އެކު އެއް ޖިންސުންގުޅުން ހިންގައި އެމަންޒަރު ވީޑިއޯ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު