ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ރާއްޖެއިން ފުރާވަޑައިގެންފިއެވެ.

ރައީސް ގޮޓާބަޔަ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނު 11:30ގައި ސައުދީއެއާލައިންގެ ފްލައިޓަކުންނެވެ. އެމަނިކުފާނުގެ ފަހު މަންޒިލަކީ ސިންގަޕޫރު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ވެލާނާ އެއާޕޯޓުުން އެމަނިކުފާނަށް އަލްވަދާޢު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ގޮތަބަޔާގެ އަރިހުގައި އެމަނިކުފާނުގެ ދެ ބޮޑީގާޑުންނާއި އަނބިކަނބަލުންވެސް ވަނީ ފުރާވަޑައިގެންފައެވެ.

އަވަށްޓެރި ސްރީލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮލަމްބޯގައި ހުންނަ ރައީސްގެ ގަނޑުވަރާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިންގެ ބެލުމުގެ ދަށަށް ގެންދިޔުމާއި ގުޅިގެން މި މަހުގެ ނުވަވަނަ ދުވަހު ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަަނީ މަގާމުން އިސްތިއުފާ ދެއްވަން ނިއްމަވައި އެކަން ލަންކާގެ ޕާލަމެންޓްގެ ރައީސަށް އަންގަވާފައެވެ. ނަމަވެސް މިހާތަނަށް ރަސްމީކޮށް އެމަނިކުފާނުގެ ސިޓީފުޅު ޕާލަމެންޓަށް ހުށައަޅާފައެއް ނުވެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި، ރައީސް ގޮޓަބަޔަ އިސްތިއުފާގެ ސިޓީފުޅު ފޮނުއްވާނީ ސިންގަޕޫރަށް ވަޑައިގަތުމަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު


3

ޙ

15-Jul-2022

އޭނަ އައީ ނަޝީދުގެ ހިއްސާ ހަވާލްކުރަން