ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ރާއްޖެ އައުމުން ހިމާޔަތް ދިންކަމަށް ބުނެ ރާއްޖޭގައި ދިރިއުޅޭ ލަންކާގެ މަދު ބަޔަކު އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ މުޒާހަރާއިން ހައްޔަރުކުރި މީހާއަކީީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރުތުކޮށްފައި ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އިއްޔެ ހަވީރު އޮތް އޮތް މި އެއްވުމުގައި ލަންކާގެ ރައްޔިތުން ދިޔައީ ތަފާތު އެކި ބެނާތައް ހިފައިގެން ޝުއޫރު ފާޅުކުރަމުންނެވެ. ކާނިވާ ސަރަހައްދުގައި އެއްވެތިބި މީހުން ގޮވާލާފައިވަނީ، ޖަރީމާތައް ހިންގާފައިވާ ވެރިންނަށް ރާއްޖޭން ހިމާޔަތް ނުދިނުމަށެވެ. އެމީހުން ވަނީ ލަންކާގެ ދިދަ ވެސް މި އެއްވުމުގައި ބޭނުންކޮށްފައެވެ. ނަމަވެސް ފުލުހުން އެ ސަރަހައްދަށް ގޮސް ވަނީ އެއްވުން ރޫޅާލާ އެމީހުން ގެންގުޅުނު ބައެއް ބެނާތަކާއި ލިޔުންތައް ވެސް އަތުލާފައެވެ.
ގޮތަބަޔަ ރާޖަޕަކްސަ ރާއްޖެ އައުމުން ހިމާޔަތް ދިންކަމަށް ބުނެ ރާއްޖޭގައި ދިރިއުޅޭ ލަންކާގެ މަދު ބަޔަކު އިއްޔެ ބޭއްވި މުޒާހަރާކުރިއިރު، ގޮތަބަޔާ މިއަދު މެންދުރު ވަނީ ރާއްޖެއިން ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު