އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފުރިހަމަ ލިސްޓެއް އާއްމު ނުކުރަނީ އެމްޑީޕީގެ ދެ ފެކްޝަންގެ މެންބަރުންވެސް އެލިސްޓުގައި ހިމެނޭތީތޯ ކުރީގެ ދިފާޢީ ވަޒީރު އަދި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މަޖިލިސް މެންބަރު އާދަމް ޝަރީފް އުމަރު ސުވާލު އުފައްދަވައިފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ދުވަސްވަރު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން ބަހުސްގައި ވާހަަކަ ދައްކަވަމުން އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ބޮޑު ޚިޔާނާތުގެ ލިސްޓު އޮޅުވާލާފައިވާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކުރީ ބައެއް ނަންތައް އުނިކުރުމަށް ފަހު ކަމަށާއި އޭގެ އަސްލު ލިސްޓު އާންމު ކުރާނެ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓު އާއްމު ކުރައްވާނެ ކަމަށް ވިދާޅުވެ، ސަރުކާރުން އެކަން ތަޙްޤީޤް ކުރުމުގައި ފަހަތުފަޔަށް ބުރަވާކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދާއި ފައްޔާޒަކީ އެމްޑީޕީގައި މިހާރު އުފެދިފައިވާ ދެ ފެކްޝަން ލީޑްކުރަށްވާ ދެ ބޭފުޅުންނެވެ.
އެކަމާގުޅިގެން އާދަމް ޝަރީފް ވަނީ، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ބައިވެރިންގެ ސައްހަ ލިސްޓެއް އާއްމު ނުކުރަނީ އެ ލިސްޓްގައި އެމްޑީޕީގެ ދެ ފެކްޝަންގެ މީހުން ހިމެނޭތީތޯ ސުވާލު އުފައްދަވާފައެވެ. ރައީސް މުޙައްމަދު ނަޝީދަށާއި ފައްޔާޒް އިސްމާއީލަށް ސުވާލު އަމާޒު ކުރަށްވަމުން އާދަމް ޝަރީފް ވިދާޅުވިއެވެ.
"އެ ލިސްޓް ހާމަ ނުކުރައްވަނީސް ރައްޔިތުން އިތުބާރެއް ނުކުރާނެ" އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށާއި އެ ރިޕޯޓް ހިއްސާކުރައްވަން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ދުވަސްވަރު ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ވައްކަމާއި ޚިޔާނަތް ނުބެލޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.
އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރާއި ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެ އެމްޑީޕީ ސަރުކާރުން ވަކިވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެެއްގައި ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ އެމަނިކުފާނާއި، އެމްޑީޕީން އަބަދުވެސް ބޭނުން ވަނީ ވަރަށް އާދައިގެ ކަމެއް ކަމަށާއި އެއީ ސަރުކާރުން ޚިޔާނާތްތެރި ނުވެ، ތަފާތު ކުރުން ނުގެންގުޅެ، އަނިޔާވެރި ނުވުން ކަމަށެވެ.

MMPRC khiyaanaathuge sahha list haama nukuranee MDP ge 2 faction ge meehun ves e list gai himeneytheethoa? MDP ge chairperson hovumuge inthikhaabugai buni list avahah haama kurumah @MohamedNasheed ashaai @faya_i ah govaalan! E list haama nukuranees rayyithun ithubaareh nukuraane!
— Adam Shareef Umar (@Adamshareefz) July 15, 2022
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށާއި އެ ރިޕޯޓް ހިއްސާކުރައްވަން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ދުވަސްވަރު ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ވައްކަމާއި ޚިޔާނަތް ނުބެލޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.
އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރާއި ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެ އެމްޑީޕީ ސަރުކާރުން ވަކިވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެެއްގައި ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ އެމަނިކުފާނާއި، އެމްޑީޕީން އަބަދުވެސް ބޭނުން ވަނީ ވަރަށް އާދައިގެ ކަމެއް ކަމަށާއި އެއީ ސަރުކާރުން ޚިޔާނާތްތެރި ނުވެ، ތަފާތު ކުރުން ނުގެންގުޅެ، އަނިޔާވެރި ނުވުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު