ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް (ކ) އާއި، މިނިސްޓަރ އިމްރާން ޢަބްދުﷲ (ވ)
ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް (ކ) އާއި، މިނިސްޓަރ އިމްރާން ޢަބްދުﷲ (ވ)
އަދާލަތު ޕާޓީން ފަހަކަށްއައިސް މާބާރަށް ކަރުކެހެނީ 2023 ކައިރިވާތީ ކަމަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިސްލާމް ދީނަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދިން ބަޔަކީ އަދާލަތު ޕާޓީކަމަށް އިމްރާން ވިދާޅުވުމުން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަމުން ދަނިކޮށް އިމްރާން އިއްޔެ ވިދާޅުވީ، ބަޔަކު ކިތަންމެ ނުރުހުނަސް އަދާލަތު އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި އިސްލާމް ދީނުގެ ފުރިހަމަ މަފްޙޫމްގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިޔަށް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާނަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ، ޢަދާލަތު ޕާޓީއަކީ ދެތިން މީހެއްގެ މަންފާއަށް ގެންގުޅޭ ޕާޓީއެއް ކަމަށެވެ. އަދި އިމްރާން މިހާރު ކުރަށްވާ މަސައްކަތްޕުޅަކީ 2023 ކައިރިވާތީ އެމަނިކުފާނުވެސް ސިޔާސީ މައިދާނުގައި ހުންނެވިކަން އެންގުމަށް ކުރަށްވާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"2023 ކައިރިވާތީ ޕާޓީއަށް ވަގަށް މެންބަރުން ހަމަކޮށްގެން ތިމަންނަ އެބަހުރިކަން އަންގަން ތި ކެހެނީ ކަރު" ޝިޔާމް ވިދާޅުވިއެވެ.



ޝިޔާމް ވިދާޅުވީ ޢަދާލަތުން މި ސަރުކާރުގައި އެލިގެން އޮންނަތާ 4 އަހަރު ވެއްޖެ ކަމަށެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަކޮށް، ރަސޫލާއަށް ހަޖޫ ޖެހިއިރު އަދާލަތު އޮތީ ހިމޭނުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަކީ ސަރުކާރުގެ "ލާދީނީ" ކަންކަމަށް ފަސްއަޅައިދޭން އޮންނަ ''އުދައްޔެއް'' ގެ ގޮތުގައި ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވުމާ ގުޅިގެން ސަލަފް ޖަމިއްޔާގެ އިސް ބޭފުޅުންނާއި ޢަދާލަތު ޕާޓީގެ ލީޑަރޝިފްގެ ބޭފުޅުންގެ މެދުގައި ހޫނު ބަހުގެ ޙަމަލާތަކެއް ދަނީ ބަދަލު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު