މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް
މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް
ހަމަނުޖެހުން ހިންގަން ހިތްވަރުދިނުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއްނޫންކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިމޭރުމުން ވިދާޅުވީ ބައިނަލްއަޤުވާމީ ޔޯގާ ދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ‏ޝައިޚް އާދަމް ނިޝާނާއި ޝައިޚް ފަޟްލޫން ހައްޔަރުކޮށް ބަންދު ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދައާ މާރާމާރީއަށް ހިތްވަރުދީގެން ނުވާނެ ކަމަށެވެ. އަދި މުޖުތަމައު ބައިބައިކޮށް ހަމަނުޖެހުން ހިންގަން ހިތްވަރުދިނުމަކީ އެއްވެސް މީހަކަށް ކުރެވިގެންވާނެ ކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުން ފައްސާލާފައެވެ. އަދި ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންދީ ހަމަނުޖެހުން އުފައްދާފައެވެ. މިކަން ސަރުކާރުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން ވަނީ 21 މީހަކު ހައްޔަރުކޮށްފައެވެެ.



ކިޔުންތެރިންގެ ހިޔާލު