އިސްލާމްދީން ހިމާޔަތްކުރުމުގެ ވާހަކަ ބައެއް ފަރާތްތަކުން ދައްކަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް، އިބްރާ އެ ފަރާތްތަކަށް ސުވާލެއް ކުރިމަތިކުރުވައިފިއެވެ.
ދީން ހިމާޔަތްކުރުމާއި ގުޅޭގޮތުން ދައްކާ ވާހަކަތަކަށް އިޝާރަތްކުރައްވައި އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ﷲގެ ދީން ވަނީ ފުރިހަމަ ކުރައްވާފައިކަމަށެވެ. އަދި އެ ދީން ހިމާޔަތް ކުރައްވާނެކަމަށް އަންގަވާފައިވާކަމަށް އޭނާ ވިދާޅުވިިއެވެ.
އިބްރާ ވަނީ އެކަންކަން އެހެން އޮތްވާ ދީން ހިމާޔަތްކުރުމަށް ކަމަށް ބުނެ މި އުޅެނީ ކޮންބައެއްތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ.
އިބްރާގެ ޓްވީޓް އައިސްފައި މިވަނީ ރާއްޖޭގައި އިސްލާމް ދީނަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދިން ބަޔަކީ އަދާލަތު ޕާޓީކަމަށް އެޕާޓީގެ ރައީސް އިމްރާން ވިދާޅުވުމުން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ނަމަވެސް އިމްރާން ވިދާޅުވީ، ބަޔަކު ކިތަންމެ ނުރުހުނަސް އަދާލަތު އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި އިސްލާމް ދީނުގެ ފުރިހަމަ މަފްޙޫމްގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިޔަށް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

Allah ge dheen vanee furihama kuravvaafa. E dheen himaayaiy kuravvaane kamah angavaafa.
— Maverick Ibra (@ibramandhu) July 14, 2022
Dhen kon baeh tha miulhenee dheen himaayaiy kuran?
އިބްރާގެ ޓްވީޓް އައިސްފައި މިވަނީ ރާއްޖޭގައި އިސްލާމް ދީނަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދިން ބަޔަކީ އަދާލަތު ޕާޓީކަމަށް އެޕާޓީގެ ރައީސް އިމްރާން ވިދާޅުވުމުން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ނަމަވެސް އިމްރާން ވިދާޅުވީ، ބަޔަކު ކިތަންމެ ނުރުހުނަސް އަދާލަތު އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި އިސްލާމް ދީނުގެ ފުރިހަމަ މަފްޙޫމްގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިޔަށް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު