އަނިޔާވެރިކަމަކީ ވަކި ބަޔަކު ޖަލުގައި އޮތުމުން މެދުވެރިވާ ކަމެއްތޯއޭ ވިދާޅުވެ އައްޝައިޚް ޙަސަން މޫސާ ފިކުރީ ސުވާލު އުފައްދަވައިފިއެވެ.
ޝައިޚް ފިކުރީ މިބީދަައިން ސުވާލު އުފައްދަވާފައިވަނީ ބައިނަލްއަޤުވާމީ ޔޯގާ ދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝައިޚު އާދަމް ނިޝާނާއި ޝައިޚު ފަޟްލޫނުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާތީ އެކަމަށް އިޝާރާތް ކުރަށްވަމުންނެވެ. އެކަމާ ގުޅިގެން ޝައިޙް ފިކުރީ ވަނީ ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله އަށްވެސް ވަރުގަދަ ސުވާލެއް އަމާޒު ކުރަށްވާފައެވެ.
ޝައިޚް ފިކުރީ ވިދާޅުވީ 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގެ ޒިންމާ ޝައިޚް އިމްރާން ނަންގަވަން ޖެހިވަޑައިނުގަންނަވާނަމަ، ޔޯގާ ދުވަހުގެ މުޒާހަރާގެ ޒިންމާ އެމުޒާހަރާ ލީޑްކުރެއްވި ޝައިޚުން ނަންގަވަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"މޭޑޭގެ މުޒާހަރާގެ ބައިވެރީންގެ އަމަލުތަކުގެ ޒިންމާ ޝައިހް އިމްރާން ނަންގަވަން ޖެހިވަޑައިނުގެންފައި، ޔޯގާ ޑޭގެ މުންކަރާތް ހުއްޓުވަން ނިކުތް ޝެއިހުން އެހެން ބަޔަކު ހިިންގި ހަމަނުޖެހުމެއްގެ ޒިންމާ ނަގަން ޖެހުން، އެއީ އަދުލް އިންސާފުތޯ؟ އަނިޔާވެރި ކަމަކީ ވަކި ބަޔަކު ޖަލުގައި އޮތުމުން މެދުވެރިވާ ކަމެއްތޯ،" ޝައިހް ހަސަން މޫސާ ފިކުރީ ސުވާލު ކުރައްވާފައިވެއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުން ފައްސާލާފައެވެ. އަދި ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންދީ ހަމަނުޖެހުން އުފައްދާފައެވެ. މިކަން ސަރުކާރުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން ވަނީ 21 މީހަކު ހައްޔަރުކޮށްފައެވެެ. އޭގެ ތެރޭގައި އެއްވުން ލީޑުކުރި ދީނީ ޢިލްމުވެރިންވެސް ހިމެނެއެވެ.

Maydayge muzahirage baiveringe amaluthakuge zimma @ShimranAb nangavan jehivadai nugenfai, yoga dayge munkaraithah huttuvan nikuiy sheikun, ehen bayaku hingi hama nujehumuge zimma nagan jehun, e e adhul insaafu tho? Aniyaverikamaki vaki bayaku jaluga othumun medhuveriva kameh tho?
— 𝐒𝐡𝐤 𝐇𝐚𝐬𝐬𝐚𝐧 𝐅𝐢𝐤𝐫𝐞𝐞 (@HassanFikree) July 16, 2022
މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުން ފައްސާލާފައެވެ. އަދި ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންދީ ހަމަނުޖެހުން އުފައްދާފައެވެ. މިކަން ސަރުކާރުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން ވަނީ 21 މީހަކު ހައްޔަރުކޮށްފައެވެެ. އޭގެ ތެރޭގައި އެއްވުން ލީޑުކުރި ދީނީ ޢިލްމުވެރިންވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު