ސްޓެލްކޯއިން ކ. ކުޑަގިރި ދިއްލާލައިފިއެވެ.
މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ނެތުމާއެކު، އެފަދަ ރަށެއް ގާއިމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތައް ކ. ކުޑަގިރި ޖުލައި 26 ގައި ހުޅުވުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ތަރައްގީ ކުރަމުން އަންނަ ކުޑަގިރީގައި ސްޓެލްކޯއާއި ހަވާލުކޮށްފައިވަނީ ކަރަންޓުގެ ހުރިހާ މަސައްކަތެއް ކުރުމެވެ. އެގޮތުން ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމްކޮށް ނިމި، މަގުބައްތީގެ ގޮތުގައި ހިތްގައިމު ގާރޑެން ލައިޓްތަކެއް މިހާރު ވަނީ ސްޓެލްކޯއިން ހަރުކޮށް ދިއްލާލާފައެވެ.
ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، 3000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް މިހާރު ވަނީ ހަދާނިމިފައި ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.

ކުޑަގިރީގައި މިހާރު ސްޓެލްކޯއިން ކުރަމުންގެންދާ މަސައްކަތަކީ ރަށަށް ޒިޔާރަތްކުރާ ފަތާތްތަކަށް ކެފޭއެއްގެ ހިދުމަތް ދިނުމަށްޓަކައި، އަޅަންޖެހޭ ކެފޭ އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލު ކުރެވުނީ މިދިޔަ މަހުގެ 28 ވީ ދުވަހުއެވެ.
އެ މަސައްކަތް މި މަހުގެ 26 ގެ ކުރިން ނިންމުމަށްޓަކައި، ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ރެޔާއި ދުވާލު މަސައްކަތް ކުރަމުންނެވެ.

ކަނޑައަޅާފައިވާ ދުވަހަށް ކުޑަގިރި ހުޅުވުމަށްޓަކައި، ކުރަމުންގެންދާ ހުރިހާ މަސައްކަތެއް ވަރަށްގާތުން ނައިބު ރައީސް ފައިސަލް ނަސީމާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ގެންދަވަނީ ބައްލަވަމުންނެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ނައިބް ރައީސް ފައިސަލް ނަސީމް އާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވަނީ ކުޑަގިރިއަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު