އަންނަ ޖެނުއަރީން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މި ޖުލައި މަހުގެ 5 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޓެކްސް ބޮޑުކުރުމާބެހޭ އިތުރު މަޢުލޫމާތު ހާމަކުރަށްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އެ ބަދަލުތަކަށް އަމަލުކުރަން ފެށުމަށް ކަމަށެވެ.
ރައްޔިތުނާ ގުޅުންހުރި ކޮންމެ ބަދަލަކާއެކު އާންމު ރައްޔިތުންގެ ހިތްހަމަނުޖެހުންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް ދަޢުލަތުގެ ޚަރަދުތައް ރަނގަޅަށް މެނޭޖް ނުކުރެވިއްޖެނަމަ އެކަމުގެ ހިތްހަމަނުޖެހުންވެސް ރައްޔިތުންނަށް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދައުލަތުގެ ޚަރަދުތައް ފޫނުބެއްދި، ދެކޮޅުނުޖެހި ވަރަށް ބޮޑަށް ޚަރަދުތައް ކޮންޓްރެކްޓް ކުރީމަ އޭގެއިންވެސް އަސަރު ކުރަނީ ރައްޔިތުންނަށް." ސަރުވަޝް ވިދާޅުވިއެވެ.
ހަމައެއާއެކު އާންމު ރައްޔިތެއްގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމާނީ އިތުރު އޮޕްޝަނެއް ނެތުމުން ކަމަށާއި މިކަމުގައި އިޤްތިޞާދީ ދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުންގެ ކަންބޮޑުވުމަކީ ނޯޓިހުގެ މުއްދަތު ކުރުވުން ކަމަށްވެސް ސަރުވަޝް ވިދާޅުވިއެވެ.
ޓެކްސް ބޮޑުކުރުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ 12 ޕަސަންޓުން 16 ޕަސަންޓަށް، އަދި ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސަންޓަށް ބޮޑުކުރަން ނިންމާފައިވާކަމަށެވެ.
އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅާއިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ސަބްސިޑީތައް ރީފޯމްކޮށް، އިތުރު ޕްރޮޖެކްޓްތައް ހިންގުން މަޑުޖައްސާލާފައިވާކަމަށް އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު