މާފުށީ ޖަލަށް ވަންނަން މަސައްކަތްކުރި ދެ މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
ރ.މަޑުއްވަރީ ފެހިއަލި, އިސްމާޢީލް ހައްމާދާއި ނ.މަނަދޫ ކެރީބިއަން, އިބްރާހިމް ޖަޒްލާން ގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމުގެ ކުށުގެ ދަޢުވާއެވެ. ނަމަވެސް އެ މީހުން ވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ.
މި ދެމީހުން މާފުށީޖަލަށް ވަނުމަށް މަސައްކަތް ކޮށްފައިވަނީ 22 ސެޕްޓެމްބަރު 2019 ގައެވެ. ފުލުހުން ވަނީ ޖަލު ސަރަހައްދަށް އެ މީހުން ދޫކޮށްފައި ދިޔަ ދަބަހުގައި ހުރި ފޯނާއި ހެޑްސެޓާއި ޔޫއެސްބީކޭބަލްތަކެއް އަތުލައިގެންފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ އެ ދެ މީހުންގެ މައްޗަށް އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމުގެ ކުށުގެ ދަޢުވާ ސާބިތުވާތީ 04 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ޙުކުމް ކުރާ ކަމަށެވެ.
ނަމަވެސް ތަޙްޤީޤުގައި ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ޖަޒްލާން ތަންފީޒުކުރަން ޖެހޭނީ 04 މަހާއި 14 ދުވަސް ކަމަށް ކޯޓުން ނިންމަވާފައިވެއެވެ. އަދި މިއީ ޖަޒްލާންގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ އޭނާގެ އަދަބު ވަނީ 53600 ރުފިޔާގެ ޖޫރިމަނާގެ އަދަބަށް ބަދަލުކޮށް, 06 ޖުލައި އިން ފެށިގެން 12 މަސް ދުވަހުގެތެރޭގައި މީރާއަށް ދައްކަން އަންގާފައެވެ.
މި މައްސަލާގައި ކުށް ސާބިތުވި ހައްމާދު ޖަލުގައި ތަންފީޒުކުރަން ޖެހޭނީ 04 މަހާއި 06 ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު