މިމަހުގެ 14 ވަނަ ދުވަހުގެރޭ ކ. ދިއްފުށީގައި ހިންގި މާރާމާރީ ހުއްޓުވުމުގައި އިހުމާލުވީ ފުލުހެއްގެ މައްސަލަ ބަލަން ފަށާފައިވާކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މާރާމާރީ ހުއްޓުވުމުގައި ފުލުހަކު އިހުމާލުވީކަމަށް އަނިޔާލިބުނު މީހާ ކުރާ ތުހުމަތާއި ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. މީސް މީޑިއާގައި ދައުރުވަމުންދާ އަނިޔާލިބުނު މީހާގެ ވީޑިއޯގައި ބުނެފައިވަނީ އޭނާއަށް ދިއްފުށީ ރައްޔިތުން އަނިޔާކުރަމުންދިޔަ ވަގުތު ސީންގައި ހުރި ފުލުހަކު އެކަށީގެންނުވާ ބަހުރުވައިން މުޚާތަބުކޮށް އިތުރަށް އޭނާއަށް ބިރުދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އަނިޔާ ލިބެމުންދިޔަ މީހަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ފުލުހަކު، ފުލުހުންގެ ދައުރު އަދާކުރުމުގައި އިހުމާލުވެ އަހުލާގީ މިންގަނޑުން ބޭރުން އަމަލުކޮށްފައިވާކަމަށް، އަނިޔާ ލިބުނު މީހާ ތުހުމަތު ކޮށްފައިވާތީ އެކަމާ ގުޅެގޮތުން ބަލަންޖެހޭ ކަންކަން އެ މުއައްސަސާގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން ބަލަމުންދާ ކަމަށެވެ.
ދިއްފުށީގައި ހިނގި މި ހާދިސާގައި އަނިޔާކޮށްފައި ވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ޒުވާނަކަށެވެ. އާއިލާއާ އެއްކޮށް ދިއްފުށްޓަށް ޗުއްޓީއަށް ދިޔަ އެ ޒުވާނާއަށް އަނިޔާކުރީ ކުޑަ ކުއްޖަކާއި ބެހުނުކަމަށް ބުނެއެވެ. އޭނާއަށް އަނިޔާކޮށްފައިވަނީ ބަރަހަނާކުރުމަށްފަހުއެވެ.
އަނިޔާ ލިބުނު މީހާ ބުނި ގޮތުގައި އޭނާއަށް އެތައް ބަޔަކު ވެގެން އަނިޔާ ދެމުންދިޔައިރުވެސް ދިއްފުށި އެތައް ބަޔަކާއި ފުލުހުން ތިބީ ބަލަން ކަމަށެވެ. އަދި އެކަން ހުއްޓުވަން އެއްވެސް ވަރަކަށް ފުލުހުން މަސައްކަތް ނުކުރާކަމަށްވެސް އޭނާ ބުންޏެވެ. މީގެއިތުރުން މި އަމަލު ހިންގުމުގައި ފުލުހުންގެ ބައިވެރިވުން އޮތްކަމަށްވެސް ތުހުމަތުކުރެއެވެ.
ވިލިނގިލީ ޒުވާނާއަށް ޙަމަލާދީން މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މާރާމާރީގެ ތެރޭގައި އެތަނުގައި ހުރި މީހަކު ފުލުހަކަށް ޙަމަލާދިން ކަމަށްބުނެ ފުލުހުންވަނީ 22 އަހަރުގެ ޒުވާނެއް ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު