ނ. މާޅެންދޫގައި އުމުރުން 39 އަހަރުގެ އަންހެނަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ ހެނދުނު ، 6:45 ހާއިރު މާޅެންދޫގައި އެ އަންހެންް މީހާއަށް ހަމަލާދީފައި ވަނީ އުމުރުން 50 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާއަށް ހަމަލާދީފައި ވަނީ ގެއެއްގެ ވަލު ފަރާތުގެ ގަސްތަކުގެ ތެރޭގައި ހުއްޓާ ކަމަށް ފުލުހުން ބުނެއެވެ.
އެ މީހާއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި މިހާރު އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ، އެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު އިރުއޮއްސި 18:05 ހާއިރު ކަަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ. އަންހެންމީހާ އަށް މާޅެންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަންހެންމީހާގެ އާއިލާ އިން ބުނާގޮތުގައި މީގެ ކުރިން އެ ފިރިހެންމީހާގެ ފަރާތުން އެތައް ފަހަރަކު އަންހެންމީހާ އަށް އަނިޔާ ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު