އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކުރި އަލަމްގީރް އިތުރު 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ރާއްޖޭގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއެކު އެއްޖިންސުން ޖިންސީގުޅުން ހިންގައި ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް ޖުލައިމަހުގެ 12 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާއިމެދު ގޮތެއް ނިއްމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ އިތުރު ފަނަރަ ދުވަސް ޖަހާފައެވެ.
ދާދިފަހުން ޤާނޫނީ ވަކީލް ނާޒިމް ސައްތާރު އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި ވަނީ ލީކްކޮށްލާފައެވެ. މީގެ އިތުރުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެ ކޮޓަރީގައި އަލަމްގީރް އާއެކު އުޅޭ ވީޑިއޯ އެއް ވެސް ވަނީ އާންމުވެފައެވެ.
ހަމަ އެއާއެކު ފުލުހުންގެ ސަރޖެންޓެއްގެ އެފަދަ މަންޒަރުތަކެއް ހިމެނޭ ވީޑިއޯއެއް ޢާއްމުވެ އޭނާވެސް ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އެ މައްސަލާގައި ނާޒިމާއި ކާނަލްގެ އިތުރުން އަލަމްގީރްގެ ޕާސްޕޯޓު ހިފަހައްޓައި ފުލުހުން ދަނީ މައްސަލަ ތަހުގީގް ކުރަމުންނެެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަލަމްގީރު ވަނީ 40 އަށް ވުރެ ގިނަ ދިވެހިންނާއި އެކު އެއް ޖިންސުންގުޅުން ހިންގައި އެމަންޒަރު ވީޑިއޯ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު