ރާއްޖޭގެ ރަށްރަށައް އެކި މަސައްކަތްތަކުގައި ދާ ބިދޭސީން އެރަށަކަށް ދިޔުމުގެ ކުރިން ރަށު ކައުންސިލްގައި ރަޖިސްޓްރީ ކުރުން ލާޒިމްކުރާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފު ވިދާޅުވީ، ކުރިއަށް އޮތްތާގައި ބިދޭސީން ރަށްރަށައް ގެންދާ ފަރާތްތަކުން އެރަށަކަށް ބިދޭސީއަކު ގެންދިޔުމުގެ ކުރިން ރަށު ކައުންސިލްގައި ރަޖިސްޓްރީ ކުރުން ލާޒިމްކުރާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުންފުންޏަކުން ވެސް އަމިއްލަ މީހަކު ވެސް ބިދޭސީއަކު ރަށަކަށް ގެންދެވޭނީ ކައުންސިލްގައި ރަޖިސްޓްރީ ކޮށްގެން ކަމަށާއި، އެކަމަށްޓަކައި އުސޫލެއް އެކުލަވާލައި ސިސްޓަމެއް މިހާރު ގާއިމްކޮށްފައިވާއިރު އެމަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް އެކަށައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ މިނިސްޓްރީ ތަކުން މައުލޫމާތު ހޯދައިގެން ބިދޭސީންގެ ރަޖިސްޓްރީ އެއް އެކުލަވާލެވިދާނެ ކަމަށާއި، އެހެންނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ތަންފީޒު ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ.
"ބިދޭސީންގެ ރަޖިސްޓްރީ ޕްރޮސެސް ކުރިއަށް ގެންދާނީ ކިހިނެތްތޯ މިދަނީ ބަލަމުން، ރަށަކަށް އެ ބިދޭސީއަކު ވަންނަ ހިސާބުން މީހަކު ގޭގެ މަސައްކަތެއް ކުރަން ނަމަވެސް ރަަށުގައި ހިގާ ޕޮރެޖެކްޓްއެއްގެ މަސައްކަތަށް ނުވަތަ ރަށު ކުންފުންޏެއްގެ މަސައްކަތަށް ވެސް ބިދޭސީއަކު އެތެރެކުރާނަމަ އެބަޖެހޭ އެބިދޭސީއަކު ކައުންސިލްގައި ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން، އެނިޒާމްގެ ތެރެއަށް ބިދޭސީން ވަދެގެންދިޔައިމަ އޮންނާނީ ހަމަ ކޮންމެ ފަރާތަކަށް ފޯރުކޮށްދެވޭނެ ރަޖިސްޓްރީ އެއް ކޮންމެ ރަށެއްގައިވެސް." އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބިދޭސީން ރަޖިސްޓްރީ ކުރުމާއި ބެހޭ އުސޫލުވެސް އެކުލަވާލައިފައިވާއިރު އެލްޖީއޭގެ ބޯޑަށް އިއްޔެ ބަދަލު އައިސްފައިވާތީ އެ އުސޫލު ބޯޑުން ފާސްކުރަންޖެހޭނެ ކަމަށެވެ. އަދި އެލްޖީއޭގެ ބޯޑުގެ މަސައްކަތް ފެށުމުން އެ އުސޫލު ފާސްކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެލްޖީއޭގެ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަ ދައްކަވުން އާދަމް ޝަރީފް ވިދާޅުވީ ހުރިހާ ކައުންސިލްތަކެއްގެ މަސައްކަތް އޮޓެމެޓިކް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން އީކައުންސިލެއް އުފައްދައި ވާރޗުއަލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ސިސްޓަމްގެ ތެރެއިން ކައުންސިލްތަކުގެ ހުރިހާ މަސައްކަތެއް ވެސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އީކައުންސިލްގައިވާ މައުލޫމާތު ތަކަކީ ދައުލަތުގެ ހުރިހާ މުވައްސަސާތަކަށް ވަގުތުން ފެންނާނެ މައުލޫމާތުތަކަށް ވާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނުގެ ދަށުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި 7 ބޭފުޅަކު އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޯޑަށް އައްޔަން ކުރައްވާފައެވެ. އެބޯޑަށް ރައީސް އައްޔަން ކުރައްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (އެލްޖީއޭގެ ރައީސް) އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓު މުހައްމަދު ޝިހާބު، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، ފާތިފަތު އަފްޝަން ލަތީފު (އެލްޖީއޭގެ ސީއީއޯ)، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފު އަދި ޕްލޭނިން މިނިސްޓްރީގެ ނާއިބު ފާތިމަތު ނިއުމާ އެވެ.

ކިޔުންތެރިންގެ ހިޔާލު