ރ. މަޑުއްވަރީގައި 14 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި ނިންމާފައިވާ ނިންމުން ރިވިއުކުރަންޖެހޭ ސަބަބެއް އޮތްނަމަ އެކަން ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ޕީޖީ އޮފީހުން މިމޭރުމުން ބުނެފައިމިވަނީ ޖިންސީގޯނާގެ ޝިކާރައަކަށްވި ކުއްޖާގެ ބައްޕަ އިބްރާހީމް ރިޒާއަށް ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ސޮއިކުރަށްވާ ފޮނުއްވި ސިޓީގައި އެ މައްސަލައާ ގުޅިގެން ޤާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި ދައުލަތުގެ މުއަސަސާތަކަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފޮނުވުމުން ދައުވާކުރެވޭ ވަރަށް ހެކި ނެތްކަމަށް ނިންމައި މައްސަލަ އަނބުރާ ފޮނުވާލުމުން މައްސަލަ ވަނީ ފައިލްކޮށްފައި ކަމަށެވެ.
"ރިވިއުކޮށް ޑިޒިޝަން ބަދަލު ކުރަންޖެހޭ ސަބަބެއް އޮތިއްޔާ ރިވިއު ކުރާނަން." 'ރަސް އޮންލައިނަށް' މަޢުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ މައްސަލާގައި ތުހުމަތުކުރެވޭ ޓީޗަރު ބުނަމުން އަންނަނީ މި މައްސަލައަކީ އޭނާ ފްރޭމްކުރުމުގެ ގޮތުން އުފައްދާފައިވާ މައްސަލައެއްކަމަށެވެ.
މަޑުއްވަރީގައި 14 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި އެރަށުގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއްވެސް ހިނގާފައެވެ. އަދި އެކަންކަމާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވެސް ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ޝިކާރައަކަށްވި ކުޑަ ކުއްޖާވަނީ އެކަމުގައި ބައިވެރިވި މީހުންގެ މައުލޫމާތު އާއިލާއާއި ހިއްސާ ކޮށްފައެވެ. އާއިލާއިން ބުނަމުންދަނީ އެވާހަކަތައް ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރި ނަމަވެސް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު