ޖޭޕީގެ ނައިބް ރައީސް އަހުމަދު ސައުދު
ޖޭޕީގެ ނައިބް ރައީސް އަހުމަދު ސައުދު
ރާއްޖެ ހަމަމަގަށް އެޅުވުމަށް އެންމެ ރަނގަޅު ފޮމިއުލާއެއް ނެރެވޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމަށް ކަމަށް ޖޭޕީގެ ނައިބް ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ސަޢުދު ވިދާޅުވީ ރާއްޖެ ހަމަމަގަށް އެޅުވުމަށް އެންމެ ރަނގަޅު ފޮމިއުލާއެއް ނެރެވޭނީ ޤާސިމް އިބްރާހިމަށް ކަމަށެވެ. ޖުމްހޫރީ ޕާޓީން ދަނީ 2023 ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންކަން ފާހަގަ ކުރަށްވައި ސަޢުދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޤާސިމް އިބްރާހިމް ވާދަކުރެއްވުމަކީ ރާއްޖެއަށް ވަރަށް ބޮޑަށް ހަމަޖެހުން ގެނެސްދޭނެ ކަމެއް ކަމަށެވެ.

ސަޢުދު ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މިވަގުތު ޙަރަކާތްތެރިވާ ހުރިހާ ބޭފުޅުންވެސް ސިޔާސީ މައިދާނަށް ނެރެދިން ދޮރުއަށި ކަމަށެވެ. އެހެންކަމުން އެބޭފުޅުން ތަމްރީންކޮށްދެއްވި އެދުރުގެ ޤާބިލުކަން މާ ބޮޑުވާނެކަމީ ޝައްކެއްއޮތް ކަމެއް ނޫން ކަމަށް ސަޢުދު ވިދާޅުވިއެވެ.

"ޤައުމު ތަންކޮޅެއް ސްމޫތުކޮށް ގާނޫނާއި ގަވާއިދުގެ ތެރެއިންނާއި ދީނީ ހަމަތަކުގެ މަތިންނާއި ޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް އެންމެ ރަނގަޅު ފޯމިއުލާއެއް ނެރެވޭނެ ބޭފުޅަކީ ޤާސިމް އިބްރާހިމް." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އެންމެ ޤާބިލްބޭފުޅަކީ ޤާސިމް ކަމަށާއި އެމަޤާމަށް އެމަނިކުފާނު ޙަވާލުވެވަޑައިގަންނަވަންޖެހޭ ވަގުތު ޖެހިފައިވާކަމަށް ވަރަށްގިނަ ދިވެހިން މިހާރު ޤަބޫލުކުރާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ކުޑައިމީސްބަހެއް ދަންނަވާކަށް ނޫން. ނަމަވެސް އަޅުގަނޑަށް ފެނޭ އޮނަރަބަލް ޤާސިމް އިބްރާހިމް އެއަށްވުރެ މާ ސްމާޓް ވަރުގަދަ ބޭފުޅެއްގެ ގޮތުގައި." ރޭގެ ޕްރޮގްރާމްގައި ސައުދު ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމަކީ އެއްވެސް ބޭފުޅެއްގެ ކިބައިން ބަދަލު ހިއްޕަވާނެ ބޭފުޅެއް ނޫން ކަމަށާއި އެކަމަކީ އެމަނިކުފާނާ ސިޔާސީގޮތުން ޚިޔާލުތަފާތުވާ ބޭފުޅުންވެސް ހިތުގެ އަޑިން ޤަބޫލުކުރަށްވާ ޙަޤީޤަތެއްކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު