ދަޢުލަތުންދޭ ފައިސާގެ 60 އިންސައްތަ ދާއިރާތަކަށް ބެހުމަށް އެމްޑީޕީން ފާސްކޮށްފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ކެމްޕޭނުގައި މިހާރުގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެފައިވަނީ ދަޢުލަތުން ޕާޓީގެ ޚަރަދުތައް ކުރުމަށް ދޫކުރާ ފައިސާގެ 60 އިންސައްތަ ރަށްރަށުގައި ޕާޓީގެ ހަރުގެތައް ހިންގުމަށް ދެއްވާނެކަމަށެވެ. އަދި އެއީ މީގެ ކުރިންވެސް ޤައުމީ މަޖިލީހުގެ ނިންމުމެއް އޮތް ކަމެއް ކަމަށާއި އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެކަމަށް ޢަމަލީ ސިފައެއް އައިސްފައި ނެތް ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ.
ދަޢުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބޭ ފައިސާގެ 60 އިންސައްތަ ދާއިރާތަކަށް ބެހުމަށް ފާސްކޮށްފައިވަނީ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ. މި ހުށައެޅުން ހުށައަޅުއްވާފައިވަނީ އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން (މާލީ) އަޙްމަދު އަބްދުالله އެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީސް ނިސްބަތްވާ 87 ދާއިރާއަށް ދަޢުލަތުގެ ބަޖެޓުންދޭ ފައިސާގެ 60 އިންސައްތަ ބެހުމަށެވެ.
އެގޮތުން ދާއިރާތަކަށް ދޫކުރާ ފައިސާގެ 20 އިންސައްތަ ރަށްތަކުގެ މެދުގައި ހަމަހަމަކޮށް ބެހުމަށާއި، 25 އިންސައްތަ ދާއިރާތަކުގެ މެދުގައި ހަމަހަމަކޮށް ބެހުމަށާއި، 45 އިންސައްތަ ދާއިރާތަކުގެ މެމްބަރުންގެ ނިސްބަތުން ބެހުމަށާއި، 10 އިންސައްތަ ދާއިރާތަކުގައި ހިންގާ ޕާޓީ ހަރަކާތްތަކާއި ކެމްޕެއިން ހަރަކާތްތަކަށް ދޫކުރުމަށް ވަނީ ފާސްކޮށްފައެވެ.
އެމްޑީޕީގައި މިވަގުތު ބައިލައްކަ މެންބަރުން ތިބޭއިރު އެޕާޓީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު 15.02 މިލިއަން ރުފިޔާ ދީފައިވެ އެވެ. އެ ފައިސާ ދެމުން ގެންދަނީ ޕާޓީގެ މާލީ ބަޔާނާއި އޮޑިޓް ރިޕޯޓުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު