ސިޔާސީ ރޭހުގައި ދުރުރާސްތާ ކާމިޔާބެއް ހޯދޭނީ ދީނާ ޤައުމު އިސްކޮށްގެން ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިސްލާމް ދީނަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދިން ބަޔަކީ އަދާލަތު ޕާޓީކަމަށް ދާޚިލީ ވަޒީރު އިމްރާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އިމްރާން އެގޮތަށް ވިދާޅުވުމުން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަމުން ދަނިކޮށް، އިމްރާން މިއަދު ވިދާޅުވީ ސިޔާސީ ރޭހުގައި ދުރުރާސްތާ ކާމިޔާބެއް ހޯދޭނީ އަމިއްލަ މަސްލަހަތަށްވުރެ, ދީނާއި, ޤައުމާއި, ރައްޔިތުންގެ މަސްލަހަތު އިސްކުރާ މީހަކަށް ނުވަތަ ބަޔަކަށް ކަމަށެވެ.
ފަހަކަށް އައިސް އިމްރާން ގެންދަވަނީ ދީނާ ގުޅުވައި މިފަދަ ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ. އިމްރާންގެ މިފަދަ ވާހަކަތައް ބައެއް ފަރާތްތަކުން ސިފަކުރަމުން ގެންދަނީ 2023 ގެ ރިޔާސީ އިންތިޚާބުގެ ތާރީޚް ކައިރިވަމުންދާތީ ސަމާލުކަން ހޯއްދެވުމަށް ދެއްވާ މެސެޖްތަކެއްގެ ގޮތުގައެވެ.
ދާދިފަހުން އިމްރާންވަނީ ބަޔަކު ކިތަންމެ ނުރުހުނަސް އަދާލަތު އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށްވެސް ވިދާޅުވެފައެވެ. އަދި އިސްލާމް ދީނުގެ ފުރިހަމަ މަފްޙޫމްގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިޔަށް ކަމަށް ވެސް އިމްރާން ވިދާޅުވެފައިވެއެވެ.
އަދާލަތު ޕާޓީއަކީ ސަރުކާރުގެ "ލާދީނީ" ކަންކަމަށް ފަސްއަޅައިދޭން އޮންނަ ''އުދައްޔެއް'' ގެ ގޮތުގައި ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވުމާ ގުޅިގެން ސަލަފް ޖަމިއްޔާގެ އިސް ބޭފުޅުންނާއި ޢަދާލަތު ޕާޓީގެ ލީޑަރޝިފްގެ ބޭފުޅުންގެ މެދުގައި ހޫނު ބަހުގެ ޙަމަލާތަކެއް ދަނީ ބަދަލު ކުރަމުންނެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީއަށް މި ސަރުކާރުގައި ޙަވާލުކޮށްފައިވަނީ އިސްލާމްދީން ޙިމާޔަތް ކުރުމާއި ރާއްޖޭގެ ދާޚިލީ ހަމަޖެހުން ޤާއިމުކުރުމެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީ އާއި ދާޚިލީ ވުޒާރާގެ ޒިންމާތައް މަތިކޮށްފައިވަނީ އެޕާޓީއަށެވެ. އެހެން ނަމަވެސް ޔޯގާ ދުވަސް ފާހަގަކުރުމާއި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެންނަ ނުފޫޒުހުރި ބައެއް މީހުން ހައްޔަރު ނުކުރާ މައްސަލާގައި އެ ޕާޓީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

Siyasee reyhugai dhururaastha kaamiyaabee’eh hoadheynee thimaage amilla maslahathahvure dheena,qauma,rayyithunge maslahathu iskura meehakah nuvatha bayakah.
— Imran Abdulla (@ShimranAb) July 23, 2022
ދާދިފަހުން އިމްރާންވަނީ ބަޔަކު ކިތަންމެ ނުރުހުނަސް އަދާލަތު އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށްވެސް ވިދާޅުވެފައެވެ. އަދި އިސްލާމް ދީނުގެ ފުރިހަމަ މަފްޙޫމްގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިޔަށް ކަމަށް ވެސް އިމްރާން ވިދާޅުވެފައިވެއެވެ.
އަދާލަތު ޕާޓީއަކީ ސަރުކާރުގެ "ލާދީނީ" ކަންކަމަށް ފަސްއަޅައިދޭން އޮންނަ ''އުދައްޔެއް'' ގެ ގޮތުގައި ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވުމާ ގުޅިގެން ސަލަފް ޖަމިއްޔާގެ އިސް ބޭފުޅުންނާއި ޢަދާލަތު ޕާޓީގެ ލީޑަރޝިފްގެ ބޭފުޅުންގެ މެދުގައި ހޫނު ބަހުގެ ޙަމަލާތަކެއް ދަނީ ބަދަލު ކުރަމުންނެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީއަށް މި ސަރުކާރުގައި ޙަވާލުކޮށްފައިވަނީ އިސްލާމްދީން ޙިމާޔަތް ކުރުމާއި ރާއްޖޭގެ ދާޚިލީ ހަމަޖެހުން ޤާއިމުކުރުމެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީ އާއި ދާޚިލީ ވުޒާރާގެ ޒިންމާތައް މަތިކޮށްފައިވަނީ އެޕާޓީއަށެވެ. އެހެން ނަމަވެސް ޔޯގާ ދުވަސް ފާހަގަކުރުމާއި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެންނަ ނުފޫޒުހުރި ބައެއް މީހުން ހައްޔަރު ނުކުރާ މައްސަލާގައި އެ ޕާޓީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު