ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީއަށް) އަށް ހުށަހެޅި މައްސަލައެއް އެ ކޮމިޝަނުން ބަލަމުން ނުދާ ކަމުގެ ޝަކުވާއެއް ނުވަތަ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައާ ގުޅޭ އެހެން ވެސް ޝަކުވާއެއް އޮތް ނަމަ ރައްޔިތުންގެ މަޖިލީހަށް އެކަން އެންގުމަށް މަޖިލީހުގެ އިދާރާއިން އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ފާއިތުވި ދުވަސްތަކުގައި އެންއައިސީއަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން އިހުމާލުވެފައިވާ ކަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އެންއައިސީއަަށް ހުށަހަޅާފައިވާ މައްސަލައެއް ނުވަތަ މައްސަލައަކާ ގުޅޭ ޝަކުވާއަކާ ގުޅޭ ގޮތުން ސަބް ކޮމިޓީއަށް މައުލޫމާތު ހުށަހަޅަން ބޭނުންވާ ފަރާތެއްވާނަމަ އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
މައުލޫމާތު ހުށަހަޅާ ފަރާތުގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު ބަޔާންކޮށް މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމަށް މަޖިލީހުން އެދިފައިވެ އެވެ. މީގެ އިތުރުން މަޖިލިސް އިދާރާގެ އީމެއިލް މެދުވެރިކޮށް ވެސް ހުށައެޅޭނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފައި ވެއެވެ.
އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަން ތަހުގީގު ކުރަން އޮންނަ ކޮމިޝަނެކެވެ. އެކޮމިޝަން އުފެއްދީ 2015 ވަނަ އަހަރުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު