އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކުރި އަލަމްގިރިއާއެކު އެތައް ސަތޭކަ ބަޔަކު ގުޅުން ހިންގާފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އިތުބާރު ހުރި މަސްދަރަކާ ޙަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައިވަނީ ރާއްޖޭގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއެކު އެއްޖިންސުން ޖިންސީގުޅުން ހިންގައި ވީޑިއޯ ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރިއާއެކު ގުޅުން ހިންގި މީހުންގެ ޢަދަދު އެތައް ސަތޭކައަކަށް އަރާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އަލަމްގިރި ހައްޔަރުކޮށް ފުލުހުން ތަހުގީގު ކުރަމުންދާއިރު އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އެއްވެސް މީހަކު ހައްޔަރު ކުރިކަމުގެ މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ. އަލަމްގިރިއާއެކު އެތައްބަޔަކު ގުޅުން ހިންގާފައިވާއިރު އެކަމުގެ ސަބަބުން މުޖުތަމަޢުގެތެރޭގައި ސިއްޙީ ބަލިމަޑުކަމެއް ފެތުރިފައިވެދާނެ ކަމުގެ ބިރުވެރިކަން މިހާރުވަނީ ފެތުރިފައެވެ.
ދާދިފަހުން ޤާނޫނީ ވަކީލް ނާޒިމް ސައްތާރު އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި ވަނީ ލީކްކޮށްލާފައެވެ. މީގެ އިތުރުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެ ކޮޓަރީގައި އަލަމްގީރް އާއެކު އުޅޭ ވީޑިއޯ އެއް ވެސް ވަނީ އާންމުވެފައެވެ. ނަމަވެސް އަލަމްގިރިއާއެކު ގުޅުން ހިންގިކަމަށް ދެބޭފުޅުންވެސް ވަނީ އިންކާރުކޮށްފައެވެ.
ހަމަ އެއާއެކު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާންޓްމެންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ސާޖަންޓް އަބްދުއްރަހުމާނުގެ އެފަދަ މަންޒަރުތަކެއް ހިމެނޭ ވީޑިއޯއެއް ޢާއްމުވެ އޭނާވެސް ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އެ މައްސަލާގައި ނާޒިމާއި ކާނަލްގެ އިތުރުން އަލަމްގީރްގެ ޕާސްޕޯޓު ހިފަހައްޓައި ފުލުހުން ދަނީ މައްސަލަ ތަހުގީގް ކުރަމުންނެެވެ.
މި މައްސަލާގައި ފުލުހުން ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު