ވޯލްޑް ބޭންކުން ރާއްޖެއަށް 12.8 މިލިއަން ޑޮލަރު (197.38 މިލިއަން ރުފިޔާ) ދިނުމަށް ނިންމައިފިއެވެ.
އެ ބޭންކުން މިއަދު ނެރުުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ހިންގާ "ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮގްރާމަށް" އެހީވުމަށް ބޭނުންވާ ފައިސާ ދިނުމަށް ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.
މި ޕްރޮގްރާމަށް ވޯލްޑް ބޭންކުން އެހީވުމުގެ މަގުސަދެއް ކަމަށް ބުނެފައި ވަނީ، ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ހަރުދަނާ ކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކުރުމެވެ.
ވޯލްޑް ބޭންކުން ބުނީ އިންކަމް އެލަވަންސް ސަޕޯޓް ޕްރޮގްރާމަށް ދޭ 12.8 މިލިއަން ޑޮލަރު މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ ކޯވިޑް-19ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އެލަވަންސް ދިނުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމަށް ކަމަށެވެ. ކޯވިޑް-19 އާ ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ މާލީ އެހީ ސަރުކާރުން އަންނަނީ ދެމުންނެވެ.
"މި މަޝްރޫއަކީ، އެންމެ ބޮޑަށް އެހީ އަށް ބޭނުން ޖެހިފައިވާ އާއިލާތަކަށް ފައިސާގެ އެހީ އަދި ކާބޯތަކެތި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެ. ހަމަ އެއާއެކު، ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމް ހަރުދަނާ ކުރެވިގެންދާނެ." ވޯލްޑް ބޭންކުން ރާއްޖެ، ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވިއެވެ.
ވޯލްޑް ބޭންކުން ބުނީ ރާއްޖެއަށް މިފަހަރު ދޭ ފައިސާގެ އެހީ އާމްދަނީ ދިނުމުގެ އިތުރަށް ދެން ބޭނުން ކުރާނީ، ކުއްލި ހާލަތުގައި ވަޒީފާ ގެއްލޭ ފަރާތްތަކަށް ހާއްސަ މުޅިން އާ އިންޝުއަރެންސް ޕްރޮގްރާމެއް ތައާރަފްކޮށް، އިޖުތިމާއީ ރައްކާތެރިކަމުގެ ގައުމީ އާ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތަށް ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން މިހާތަނަށް ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ފޯރުކޮށްދީފަ އެވެ. އަދި މާލޭގެ ފެން ހިންދާ ނިޒާމު ހަރުދަނާކޮށް ކާރިސާތަކަށް ތައްޔާރުވުމުގެ ގާބިލްކަން އިތުރު ކުުރުމަށް، 10 މިލިއަން ޑޮލަރުގެ މާލީ އެހީވެސް އެ ބޭންކުން ދީފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު