އައްޝައިހް ފަޟުލޫން މުހައްމަދު (މ)
އައްޝައިހް ފަޟުލޫން މުހައްމަދު (މ)
ޔޯގާ ހުއްޓުވި މައްސަލައިގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާ ދީނީ އިލްމުވެރިޔާ އައްޝައިހް ފަޟުލޫން މުހައްމަދު މިރޭވެސް ފުލުހުންގެ އިދާރާއަަށް ހާޒިރުވާން އަންގައިފި އެވެ.

ޝައިހް ފަޟުލޫން އިއްޔެވެސް ވަނީ ފުލުހުންގެ އިދާރާއަށް ޙާޟިރުކޮށް ބަޔާންނަގާފައެވެ. އަދި މިރޭ ފުލުހަށް ހާޒިރުކުރަނީ އިތުރަށް ސުވާލު ކުރުމަށާއި ތަހުގީގު ބަޔާނުގައި ސޮއި ކުރުމަށެވެ. ފުލުހުން މިހާރު ވަނީ އެ އަމުރު ފަޟުލޫންގެ ވަކީލާ ހަވާލުކޮށްފައެވެ. ޝައިހް ފަޟުލޫން ފުލުހަށް ހާޒިރު ކުރަނީ މިދިޔަ މަހުގެ 21 ވަަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކުގެ ތަހުގީގަށް ކަމަށް ފުލުހުން އޭނާއަށް ފޮނުވި ޗިޓްގައި ބުނެފައިވެއެވެ.



ޝައިހް ފަޟުލޫން ކޯޓުން ދޫކޮށްލީ ޝަރުތުތަކެއް ކޮށްފައެވެ. އޭގެތެރޭގައި މާލެއިން ބޭރަށް ދާނަމަ އެންގުމަށާއި ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށާއި އަދި އޭނާ އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގުމަށް ޝަރުތުކޮށްފައިވެއެވެެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށްވެސް ކޯޓުން ވަނީ އޭނާ އަށް އަންގާފައެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން 21 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރެއިނަ ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު