މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ރާއީ ރައީސް ޞާލިޙްގެ އަރިހުގައި
މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ރާއީ ރައީސް ޞާލިޙްގެ އަރިހުގައި
ރައްޔިތުންނަށް މަންފާ ނުވާނެ ނިންމުމެއް ރައީސް ޞާލިޙް ނުނިންމަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙަށް ވަރަށްބޮޑަށް ތަޢުރީފު ކުރަށްވާ މެންބަރެއްގެ ގޮތުގައި ފާހަގަކުރެވޭ ރާއީ މިއަދު ވިދާޅުވީ އަބަދުވެސް އެ ޤައުމެއްގެ ކުރިމަގަށް އެންމެ މޮޅުގޮތް ނިންމާނީ އެ ޤައުމެއްގެ ރައްޔިތުން ކަމަށެވެ. އަދި ޤައުމާާއި ރައްޔިތުންނަށް ލާބަޔާާއި މަންފާ ނުވާނެ އެއްވެސް ނިންމުމެއް މިއަދުގެ ސަރުކާރުންނާއި ރައީސް ޞާލިޙްވެސް ނުނިންމާނެކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ އިތުރަށް ވިދާޅުވީ ސަރުކާރަކަކީ ރައްޔިތުންގެ މިލްކެއް ކަމަށާއި, ރައްޔިތުންގެ ފައިސާ ވަތްގަނޑަށްލުމަށްފަހު ހަމަ އެ ފައިސާ އެ ރައްޔިތުންނާއި ޤައުމުގެ ހައްޤުގައި, ޤައުމު ތަރައްޤީ ކުރުމުގައި ހޭދަކުރުމަކަށް ރައްޔިތުން ފަސްޖެހެންވީ ސަބަބެއްނެތް ކަމަށެވެ. އަދި އެކަމުގައި ޤައުމުދެކެ ލޯބިވާ, ޤައުމަށް ހެޔޮއެދޭ އެއްވެސް ރައްޔިތަކު ވެސް އަދި ޤައުމުގައި އޮތް އެއްވެސް ސިޔާސީ ޕާޓީއެއް ވެސް އަދި ސިޔާސީ ލީޑަރެއް ވެސް ހިތްޕުޅާނުވެ އިދިކޮޅު ހެއްދެވުމަކީ ބުއްދިވެރި ކަމެއްނޫން ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.

"އަބަދުވެސް ޤައުމާއި އެޤައުމެއްގެ ކުރިމަގަށް އެންމެ މޮޅުގޮތް ނިންމާނީ އެޤައުމެއްގެ ލޮބުވެތި ރައްޔިތުންނެވެ." ރާއީ ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު މުހަންމަދު ރާއީ މީގެ ކުރިންވެސް ވިދާޅުވެފައިވަނީ، ތަރައްގީގެ ބާނީންނަކީ ރާއްޖޭގެ ވަކި ސަރަހައްދެއް ތަފާތު ނުކޮށް ކުޑައެއް ބޮޑެއް ނުބަލައި ހުރިހާ ހިސާބަކަށް ތަރައްގީ ގެނެސްދޭ ވެރިން ކަމަށެވެ.

އެފަދަ ވެރިއަކަށް ހުންނެވީ ރައީސް ޞާލިޙް ކަމަށް ވިދާޅުވެ ރާއީ ވަނީ މީގެ ކުރިންވެސް ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު