މިނިސްޓަރ އޮފް ހައުސިން އެންޑް އާރބަން ޑިވެލްޕްމަންޓް އައިމިނަތު އާތިފާގެ ޝަކޫރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އާތިފާ އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރި ގޮތުންކަން މިނޫހަށް ވަނީ ކަށަވަރު ވެފައެވެ. އަދި އެކަމަނާ އާލާސްކަންފުޅާ އުޅުއްވާކަން ސަރުކާރުގެ އޮފިޝަލަކު ވަނީ މިނޫހަށް ކަށަވަރު ކޮށްދެއްވާފައެވެ.
އާތިފާގެ ސިއްހީ ހާލަތު ހުރިގޮތުން މަގާމުގެ މަސްއޫލިއްޔަތު ތަކުން ދުރަށް ވަޑައިގަތުމަށް ނިއްމަވާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވަނީ ވިދާޅުވެފައެވެ.
ޕީއެންސީގެ ނާއިބް ރައީސް އަދި ކުރީގެ ރައީސް ޔާމިން ސަރުކާރުގައި ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރެއްވި މުހަންމަދު ހުސައިން ޝަރީފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ހައުސިން މިނިސްޓަރ އައިމިނަތު އާތިފާގެ ސިއްހީ ހާލަތު ހުރިގޮތުން އެކަމަނާ މަގާމުގެ މަސްއޫލިއްޔަތުން ދުރަށް ވަޑައިގެން ސިއްހަތަށް އިސްކަންދެއްވުމަށް ނިއްމަވާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
މުންދުގެ މި ޕޯސްޓްގައި އާތިފާއަށް އަވަސް ޝިފާއަކަށް އެދިވަޑަައިގެންފައިވެސް ވެއެވެ. މުންދުގެ މި ޕޯސްޓާއި ގުޅިގެން އާތިފާގެ ގާތް ބޭފުޅުންނާއި އެކުވެރިން އެކަމަނާ އަށް އަވަސް ޝިފާ އަކަށް އެދި ހެއު އެދުންތައް ފޮނުވަފައި ވެއެވެ.
ހައުސިން މިނިސްޓަރ އައިމިނަތު އާތިފާ އަކީ ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ އެމްއާރުއެމްގެ ފަރާތުން ވަޒީރަކަށް އައްޔަންކުރައްވާފައިވާ ބޭފުޅެކެވެ. ހައުސިން މިނިސްޓަރ އައިމިނަތުގެ އާތިފާގެ ސިއްހީ ހާލަތު ހުރިގޮތުން މަގާމުގެ މަސްއޫލިއްޔަތު ތަކުން ދުރަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރިފައިމިވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރަކު އާތިފާ މަގާމުން ވަކި ކޮށްދޭން އެދި މަޖިލީހަށް ހުށައެޅުއްވި ސިޓީއަކާއި ގުޅިގެން އެކަމަނާ މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ޕްރެޝަރ ކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގައި ކޮމިޓީއެއްގައި ދެއްކެވި ވާހަކަ ތަކަކާއި ގުޅިގެން ހައުސިންގ މިނިސްޓަރގެ މަގާމުގައި އާތިފާ ހުންނެވި ނަމަވެސް އެމިނިސްޓްރީއާއި ގުޅުންހުރި ގިނަ ކަންކަން އެކަމަނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިއުން އެކަމަނާއަށް އަމާޒުވެފައިވާއިރު ކުރީގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 7000 ހައުސިންގ ޔުނިޓާއި ބެހޭގޮތުން ކޮމިޓީއަށް ދެއްވި މައުލޫމާތުތައް ގޯސްވެގެން އެއީ އޮޅިގެން ދެކެވުނު ވާހަކައެއްކަން ފަހުން ވިދާޅުވުމުންވެސް ގިނަ ބައެއްގެ ފާޑުކިޔުން އެކަމަނާއަށް އަމާޒުވެގެން ދިޔައެވެ.
އިދިކޮޅު ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ މުންދު މިވާހަކަ ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ނަމަވެސް ސަރުކާރުގެ ރަސްމީ އެއްވެސް ފަރާތަކުން މިކަން ޔަގީންކޮށްދެއްވާފައެއް އަދި ނުވެއެވެ. އަދި މިކަމުގައި ވަޒީރުގެ ބަހެއްވެސް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު