މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު
މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) މިހާރު މިނިވަންވީ ކަމަށް ރައްޔިތުން ގަބޫލު ކުރަންވީތޯއޭ ވިދާޅުވެ ކުރީގެ އިކޮންމިކް މިނިސްޓަރ އަދި އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެންބަރު މުހަންމަދު ސައީދު ސުވާލު އުފައްދަވައިފިއެވެ.

ގާނޫނު އަސާސީއަށް ގެނައި ބަދަލާއެކު އުފަންކުރުވި ސަންސެޓް ގާނޫނު ތަސްދީގުކުރުމާއެކު އެލްޖީއޭގެ ބޯޑު  އުވިގެންދިއުމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިހާރު ވަނީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައްވާފައެވެ.

އެލްޖީއޭގެ ބޯޑަށް 7 މެންބަރުން ރައީސް ސޯލިހް އައްޔަންކުރެއްވިއިރު އެ އެލްޖީއޭގެ ސީއީއޯ އަކަށް އެމަނިކުފާނު ހަމަޖައްސަވާފައިވަނީ އެމްޑީޕީގެ ޑެޕިއުޓީ ސެކްޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަފްޝަން ލަތީފެވެ. އަފްޝަންގެ އިތުރުން އެބޯޑުގައި ދެންވެސް ހިމެނެނީ ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި ތިއްބެވި އިސް ބޭފުޅުންނެވެ.

އެކަމާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވަނީ އެލްޖީއޭގެ ބޯޑު މިހާރު މިނިވަންވީ ކަމަށް ރައްޔިތުން ގަބޫލު ކުރަންވީތޯއޭ ވިދާޅުވެ ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ޓެގްކުރައްވައި ސުވާލެއް ކުރައްވާފައެވެ.

"ރައީސް ސޯލިހް އާއި ރައީސް ނަޝީދު ރައްޔިތުންނަށް ވިސްނައިދިން އާއިލީ ވެރިކަމާ ޑިކްޓޭޓަރޝިޕްގެ 30 އަހަރާއި، 2020 ވަނަ އަހަރާއި އެއްވެސް ތަފާތެއް އެބަހުރިތޯ؟" ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުގެ ވެރިކަމާ ގުޅުވައިގެން އެމްޑީޕީން މީގެ ކުރިން ދައްކަމުން އައި ވާހަކަތަކަށް އިޝާރަތް ކުރައްވަމުން ޕީއެންސީގެ މާވަށު ދާއިރާގެ މެންބަރު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލަން ޖެހުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލުގައި އެގޮތަށް ބަޔާން ކޮށްފައި އޮތުމުންނެވެ. ކުރިއާ ޚިލާފަށް މިފަހަރު އެލްޖީއޭގެ ބޯޑު އެކުލަވާލައްވާފައި މިވަނީ ސަންސެޓް ގާނޫނުގައި ބުނެފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބަޔަކު ހިމަނައިގެންނެވެ.

އެބޯޑަށް ރައީސް އައްޔަން ކުރައްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (އެލްޖީއޭގެ ރައީސް) އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓު މުހައްމަދު ޝިހާބު، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، ފާތިފަތު އަފްޝަން ލަތީފު (އެލްޖީއޭގެ ސީއީއޯ)، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފު އަދި ޕްލޭނިން މިނިސްޓްރީގެ ނާއިބު ފާތިމަތު ނިއުމާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން