އެމްއާރުއެމްގެ އެގްޒެޓިވް ކޮމެޓީއާއި މައުމޫން ބައްދަލުކުރައްވަނީ
އެމްއާރުއެމްގެ އެގްޒެޓިވް ކޮމެޓީއާއި މައުމޫން ބައްދަލުކުރައްވަނީ
އެމްއާރުއެމްގެ އެގްޒެޓިވް ކޮމެޓީގެ މެމްބަރުންނާއިި އެޕާޓީގެ ރައީސް، ރައީސް މައުމޫން އަބުދުލްގައްޔޫމް މިރޭ ބައްދަލުކުރައްވައިފިއެވެ.

މައުމޫން ރިފޯމް މޫވްމަންޓް، އެމްއެމްއާރުމްގެ އެގްޒެޓިވް ކޮމެޓީއާއި އެޕާޓީގެ ރައީސް، ރައީސް މައޫމުން އަބުދުލްގައްޔޫމް މިރޭ ބައްދަލުކުރެއްވީ ވާރޗުއަލް ކޮށެވެ.

މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނީ ރޭގެ ބައްދަލުވުމުގައި މަޝްވަރާކުރީ މައިގަނޑު ދެކަމަކާ ގުޅޭގޮތުން ކަމަށެވެ. ޢެގޮތުން ކޯވިޑް-19 އާއި ގުޅިގެން އެމްއާރުއެމްގެ މެމްބަރުންނަށް އެކިގޮތްގޮތުން އަސަރުކޮށްފައިވާ މިންވަރު ބެލުމަށް އެޕާޓީގެ އަންހެނުންގެ ކޮމެޓީއާއި ޒުވާނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ މަސައްކަތްތަކުން ހާމަވި ކަންތައްތައް ޕާޓީގެ އެގްޒެޓިވް ކޮމެޓީގެ މެމްބަރުންނާއި ހިއްސާކުރައްވާފައިވާ ކަމަށް އެޕާޓީން ބުނެއެވެ. މީގެ އިތުރުން މިހާރު ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ރިއާޔަތްކޮށް ޕާޓީގެ އާންމު ކޮންވެންޝަން ފަސްކުރަން ޖެހޭތީ އެކަން ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އެމްއާރުއެމް އިން މައުލޫމާތުދެއެވެ.

މިރޭގެ ބައްދަލުވުން ބާއްވާފައި މިވަނީ އެޕާޓީގެ ސްލްޓެއްގައި ހައުސިންގ މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އާތިފާ ޝަކޫރު މިއަދު ކުއްލި ގޮތަކަށް އެމަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. ނަމަވެސް މި ބައްދަލުވުމުގައި އާތިފާގެ މަގާމަށް ބޭފުޅެއްގެ ނަން ހުށައެޅުމާއި މެދު ވާހަކަ ދެކެވިފައި ނުވާ ކަމަށް އެނގިފައިވެއެވެ.

ރައީސް މައުުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރޭ ބޭއްވި ބައްދަލުވުމަކީ ވަރަށް އުފެއްދުންތެރި ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.



އާތިފާ އަށްފަހު އެމަގާމަށް ދެން އެޕާޓީން ވަޑައިގަންނަވާނެ ބޭފުޅަކާއި މެދު ބަހުސްތައް ވަނީ ސޯޝަލް މީޑިއާގައި ފެށިފައެވެ. އާތިފާ މަގާމުން އިސްތިއުފާ ދެއްވުމުން އެ މަޤާމަށް ދެން ވަޑައިގަންނަވާނީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫން ކަމަށް ވަނީ އެނގިފައެވެ.

ސިއްހީ ހާލުކޮޅު ގޯސްވެ މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރ އައިމިނަތު އާތިފާ ވަނީ އެކަން ރައީސް އިބްރާހިމް މުހަންމަދު ސާލިހަށް އަންގަވާފައެވެ. މިކަން ރައީސް އޮފީހުން އަދި ކަށަވަރު ކޮށެއް ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

މމއ

12-Jun-2020

މޯލްޑިވްސް ރިފޯމް މޫވްމަންޓް



ޓްރެންޑިން