ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް
އިސްލާމްދީނުގައި ޙަރާމްކަމަށް ކަނޑައަޅާފައިނުވާ ކަންކަމަށް ޙަރާމް ފަތުވާ ނެރެގެން ނުވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށް ބުނެ އެއީ މުސްލިމުންނަށް ހަރާމް ކަމެއް ކަމަށް ރާއްޖޭގެ ބައެއް އިލްމްވެރިން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ދީނީ އިލްމްވެރިންގެ މެދުގައި ބަހުސް އުފެދިފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވީ ޔޯގާއާއި އެއިރޯބިކްސަ ފަދަ ކަސްރަތުތަކަކީ އިސްލާމް ދީނާއި ރާއްޖޭގެ ޤާނޫނުގައި ވެސް މަނާކަމެއް ނޫން ކަމަށެވެ.

އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނެއްގައިވެސް މަނާކަމަށް ކަނޑައަޅާފައި ނުވާކަމެއް ޙަރާމް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

"އިސްލާމް ދީނުގައި ހަރާމް ނޫން ކަންކަން އެއީ ހަރާމް ކަންކަމަށް ހަދަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން." ޙަސަން ލަތީފް ވިދާޅުވެފައިވެއެވެ.



ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އާދައިގެ ކަސްރަތެއް ކަމަށް ކުރީގެ ރައީސް މައުމޫންވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެއީ ހަރާމްކަމެއް ނޫންކަމަށް ރައީސް މައުމޫނުވެސް ވިދާޅުވެފައިވެއެވެ.

މިކަމުގައި ރައީސް ނަޝީދު ވެސް ވަނީ ހިޔާލު ފާޅު ކުރައްވާފައެވެ. އެމަނިކުފާނު ވެސް ވިދާޅުވީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަބޭކަލުންގެ އިޖުމާޢެއް ނެތްކަމަށެވެ.

ޔޯގާގެ މައްސަލައިގައި ބަހުސް ހޫނުވެފައި މިވަނީ، ރާއްޖޭގައި އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރަން ބޭއްވި ހަރަކާތައް ބަޔަކު ހުރަސްއަޅައި ހުއްޓުވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ތަޙުޤީޤު ކުރަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު