ދަރުމަވަންތަ ހޮސްޕިޓަލް؛ މާލެސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން އަތޮޅުތަކުން ސިއްހީ ފަރުވާއަށް މާލެއައުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަން ފާހަގަކޮށްލެވޭ (ރަސް ފޮޓޯ)
ދަރުމަވަންތަ ހޮސްޕިޓަލް؛ މާލެސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން އަތޮޅުތަކުން ސިއްހީ ފަރުވާއަށް މާލެއައުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަން ފާހަގަކޮށްލެވޭ (ރަސް ފޮޓޯ)
ހއ.ބާރަށުގައި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެއެވެ.

ރަސް އޮންލައިން އަށް މައުލޫމާތު ލިބިފައިވާގޮތުގައި މާބަނޑު މީހާގެ ބަނޑަށް ދަރިފުޅު މަރުވެފައިވަނީ ބަނޑަށް ހަމަހުގައެވެ. އާއިލާ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ ހުރިހާ ރަށެއް ފުރަބަންދު ކޮށްފައި އޮތުމުން ބާރަށުން ފުރައިގެން ދިއްދުއަށް ނުދެވި، މާބަނޑު މީހާ ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަހަށް ޑޮކްޓަރަށް ނުދެއްކި ދުވަސްތަކެއް ވުމަށްފަހު، ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދެވޭ ގޮތްވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ރަށުގައި ހުއްޓާ މިއަދު މާބަނޑު މީހާގެ ބަނޑުގައި ރިއްސާތީ ބާރަށު ހެލްތު ސެންޓަރަށް ދެއްކި ކަމަށާއި، ހެލްތު ސެންޓަރުން ބަލާފައި ދިއްދުއަށް ދާން ބުނުމުން މިއަދު ދިއްދުއަށް ދިއުމުން އަނެއްކާ ދިއްދުއިން މާބަނޑު މީހާ ކުޅުދުއްފުއްޓަށް ފޮނުވީ ކަމަށް އޭނާ ބުނެފައިވެއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުން، މާބަނޑު މީހާގެ ބަނޑުގައި އޮތް ދަރިފުޅުގެ ވިންދު ނުޖަހާ ކަމަށާއި ކުއްޖާ މަރުވެފައި އޮތް ކަމަށް ބެލެވޭ ކަމަށް ބުނެފައިވާ ކަމުގައި އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިއީ މިމަހު ހިނގި މިފަދަ ދެވަނަ ހަދިސާއެވެ. ރަށްރަށް ފުރަބަންދުގައި އޮތުމާއި މާލެ ފުރަބަންދުގައި އޮތުމުން ރަށްރަށަށާއި މާލެއަށް ސިއްހީ ފަރުވާއަށް ވާސިލު ވުމުގައި ހުރަސްތައް ކުރިމަތިވެފައިވާކަން ގިނަ ބަޔަކު ފާހަގަ ކުރަމުންދިޔަ ނަމަވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް މިފަދަ އެއްވެސް ހާދިސާއެއްގައި މިހާތަނަށް ކަމާބެހޭ އެއްވެސް ފަރާތަކުން ޒިންމާ އުފުލާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން