މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިޔަށްދަނީ
މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިޔަށްދަނީ
މާލެއިން ގޯއްޗާއި ފްލެޓަށް އެދޭ ފޯމު ފުރުމުގައި ސިޓީ ކައުންސިލުންވެސް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.

މާލޭސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ "ގެދޮރުވެރިޔާ" އާއި "ބިންވެރިޔާ" ޕޯޓަލް މެދުވެރިކޮށް ގޯއްޗާއި ފްލެޓަށް އެދެން ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފޯމް ފުރުމުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އަންނަ ހޯމަ ދުވަހުން ފެށިގެން ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭ ބައި (ތައިސޭކޮށި) އަދި ކައުންސިލްގެ މާފަންނު އޮފީހުގައި އެކަމުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެކަމަށް ކައުންސިލުންވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށް އަދި ރޭގަނޑު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ފޯމު ފުރުމުގައި އެހީތެރިކަން ލިބޭނެ ކަމަށެވެ.

ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސެޕްޓެމްބަރު 26ގެ ނިޔަލަށެވެ. މިގޯތި ތައް ދޫކުރަނީ ހުޅުމާލެ އިންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅު ހިއްކައިގެނެވެ. އެގޮތުން ހުޅުމާލެ އިން 1،000 ގޯތި ދޫކުރުމަށް ނިންމައިފައިވާއިރު ގުޅިފަޅުން 2،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ގިރާވަރު ފަޅު ހިއްކާ ނިމުމުން އެތަނުން ވެސް 2،000 ގޯތި ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ގޯއްޗާއި ފްލެޓަށް އެޕްލިކޭޝަން ހުށަހެޅުމާއި އެކަމާއި ގުޅޭ މައުލޫމާތު އާއްމުންނަށް ދިނުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންވެސް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން