ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله އާއި އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު މަޤާމުން ވަކިކުރުމަށް އިންޑިއާއިން އެންގިކަމަށްބުނެ ދެކެވޭ ވާހަކަތައް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ދޮގުކުރަށްވައިފިއެވެ.
ބައިނަލްއަޤުވާމީ ޔޯގާ ދުވަހުގެ ޙަރަކާތްތައް ހުއްޓުވުމަށް ޢާއްމު ރައްޔިތުން ހިންގި ޙަރަކާތުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله އާއި އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު މަޤާމުން ވަކިކުރުމަށް އިންޑިއާއިން އެންގިކަމަށްބުނެ ރާއްޖޭގެ މީޑިއާއަކުން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ.
އެ ޚަބަރާ ގުޅިގެން ހަމްދާން މިއަދު ވިދާޅުވީ އެފަދަ ނިންމުމެއް އިންޑިއާއިން އަންގާފައިނުވާ ކަމަށެވެ. އޭގެއިތުރުން ނޫސްވެރިންގެ ނަމުގައި ބޮޑެތި ދޮގު ހެދުމާ އޮޅުވާލުމަކީ ރާއްޖޭގެ ނޫސްވެރިކަމަށާއި އެހެން ނޫސްވެރިންނަށްވެސް ކުރެވޭ މަލާމާތެއް ކަމަށް ހަމްދާން ވިދާޅުވިއެވެ.
"މި ފަދަ ބޮޑެތި ދޮގު ހެދުމާ އޮޅުވާލުމަކީ މި ރާއްޖޭގެ ނޫސްވެރިކަމަށާއި އެހެން ނޫސްވެރިންނަށްވެސް ކުރެވޭ ވަރަށް ބޮޑު މަލާމާތެއް، ހަޑި ހުތުރު ކަމެއް." އެ ޚަބަރު ދޮގުކުރަށްވަމުން ހަމްދާން ވިދާޅުވިއެވެ.

ރާއްޖޭގެ މީޑިއާއަކުން މިއަދު ޚަބަރުފަތުރާފައިވަނީ "އަދާލަތު ޕާޓީން ޔޯގާ އެއްގޮތަކަށްވެސް ހުއްދަ ނުވާނެ ކަމަށް ބުނެ ފަތުވާއެއް ނެރުމުން ސީދާ އިންޑިއާގެ އެކްސްޓާނަލަ އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވަނީ ރައީސް ސޯލިހަށް ގުޅުއްވައި އިމްރާނާއި ނަޒީރު މަޤާމުން ވަކިކުރުމަށް ދަންނަވާފައި" ކަމަށެވެ.
ޔޯގާ ހުއްދަނުވާނެކަމަށްބުނެ އަދާލަތު ޕާޓީން ނެރެފައިވާ ރަޢުޔަށް މި ސަރުކާރުގެ ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވަނީ ތާޢީދު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު