ޕީޕީއެމް، އަދާލަތު އަދި ސަލަފަކީ ވެސް ސިޔާސީ ޕާޓީތަކެއް ކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަޙްލޫފް މިމޭރުމުން ވިދާޅުވެފައިވަނީ "ބުދުދީނުގެ ފާދިރީންނަށް ވުރެ ބައެއް ދިވެހިންގެ ހާލު ދެރަ" ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވުމާގުޅިގެން ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގައި ޔޯގާދުވަސް ފާހަގަކުރި ވީޑިއޯއެއް މީސްމީޑިއާގައި ޙިއްސާކުރަށްވަމުންނެވެ.
މިނިސްޓަރ މަޙްލޫފް ވިދާޅުވީ ޕީޕީއެމް، އަދާލަތު އަދި ސަލަފަކީ ވެސް ސިޔާސީ ޕާޓީތަކެއް ކަމަށާއި އެންމެންވެސް ދައްކާނީ ސިޔާސީ ވާހަކަ ކަމަށެވެ.
"މިއީ 2015 އިން 2018 އަށް ސަރުކާރު ބައިވެރިވެގެން ޔޯގާ ދުވަސް ފާހަގަކުރަމުން ދިޔައިރު ހުންނެވި އިސްލާމިކް މިނިސްޓަރުގެ މިއަދުގެ ބަސް." ޑރ ޒިޔާދަށް ފާޑު ވިދާޅުވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.
މަޙްލޫފް އިސްކޮށްހުންނަވާ ކުޅިވަރާބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ސަރުކާރުގެ އިސް ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން ވެސް ބައިވެރިކޮށްގެން މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުނަށް ޙަމަލާދީފައެވެ. އަދި އެމީހުންވަނީ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން އުފައްދާފައެވެ.
ޔޯގާ ދުވަހު ހިންގި ހަމަނުޖެހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބަލަމުންދާއިރު ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ވިދާޅުވެފައިވަނީ ޔޯގާ އަކީ ޙަރާމް ޙަރަކާތެއް ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން ވިދާޅުވީ ޔޯގާ ހުއްދަ ކަމަށެވެ.

”ބުދުދީނުގެ ފާދިރީންނަށް ވުރެ ބައެއް ދިވެހިންގެ ހާލު ދެރަ:ޑރ.ޒިޔާދު“
— Ahmed Mahloof (@AhmedMahloof) July 28, 2022
މިއީ 2015 - 2018 އަށް ސަރުކާރު ބައިވެރިވެގެން ޔޯގާ ދުވަސް ފާހަގަކުރަމުން ދިޔައިރު ހުންނެވި އިސްލާމިކް މިނިސްޓަރުގެ މިއަދުގެ ބަސް.
ޕީޕީއެމް،އަދާލަތު އަދި ސަލަފަކީ ވެސް ސިޔާސީ ޕާޓީތަކެއް. ދައްކާނީ ސިޔާސީ ވާހަކަ. pic.twitter.com/ICajjnPb4c
މަޙްލޫފް އިސްކޮށްހުންނަވާ ކުޅިވަރާބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ސަރުކާރުގެ އިސް ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން ވެސް ބައިވެރިކޮށްގެން މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުނަށް ޙަމަލާދީފައެވެ. އަދި އެމީހުންވަނީ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން އުފައްދާފައެވެ.
ޔޯގާ ދުވަހު ހިންގި ހަމަނުޖެހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބަލަމުންދާއިރު ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ވިދާޅުވެފައިވަނީ ޔޯގާ އަކީ ޙަރާމް ޙަރަކާތެއް ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން ވިދާޅުވީ ޔޯގާ ހުއްދަ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު