ފިނޭންސް މިނިސްޓްރީ އިން ވަކި ގޮތެއް ނިންމަންދެން އިތުރު ގަޑީގެ ފައިސާ ދިނުމަށް ފަހުން ނިންމި ނިންމުން އެ މިނިސްޓްރީ އިން ބާތިލްކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އެ މިނިސްޓްރީ އިން މޭ މަހުގެ 16 ވަނަ ދުވަހު ނެރުނު ސާކިއުލާގައި ދައުލަތުގެ މުވައްޒަފުންގެ އިތުރުގަޑިއާއި ބެހޭ ގޮތުން އެ ސާކިއުލާގެ ހަވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަށް އަމަލުކުރުން މިހާރު ބާތިލުކުރެވިފައިވާ ކަމަށެވެ.
މި ބަދަލާ ގުޅިގެން އެ މިނިސްޓްރީން މޭ މަހުގެ 20 ވަނަ ދުވަހު ނެރުނު ސާކިއުލާއަށް ވެސް އަމަލުކުރަން ނުޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކުރެއެވެ.
ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކުން އިތުރު ގަޑީގެ ފައިސާ ދިނުމުގައި މިހާތަނަށް އެކި ގޮތްގޮތަށް އަމަލުކުރަމުން ދާތީ އާއި ދައުލަތުގެ އޮފީސްތަކުން އިތުރުގަޑީގައި ފައިސާއަށް ކުރާ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުން އަންނާތީއާއި ކޯވިޑް-19 އާ ގުޅިގެން މިހާތަނަށް ކުރިމަތިވެފައި ނުވާ ފަދަ ބޮޑު ލޮޅުމެއް ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަކުރަން މަޖުބޫރުވެފައިވާތީ، އިތުރު ގަޑީގެ ފައިސާ ދިނުމުގައި އިންސާފުވެރި އަދި ހަމަ ހަމަ އުސޫލަކުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް އެ މިނިސްޓްރީ އާއި ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީ އިން މޭ މަހުގެ 16 ވަނަ ދުވަހު ނެރެފައިވާ ސާކިއުލާގައި ބުނެފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަފުތާއަކު 48 ގަޑިއިރުގެ މަސައްކަތް ހަމަވުމުން އިތުރުގަޑީގެ ފައިސާ ދިނުމަށެވެ. ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން އިއުލާން ކޮށްފައިވާ ސާކިއުލާގެ ހަ ވަނަ ނުކުތާ އާއި އެއްގޮތަށް މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭން ފަށާނީ ރަމަޟާން މަސް ނިމުމުން ކަމަށް މީގެ ކުރިން އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު