ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރ އަމީން އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރ އަމީން އިބްރާހިމް
ދައުލަތުގެ އަގު ވައްޓާލާނަމަ އާންމުފަރުދުން މާދަމާ ދައްކަންޖެހޭ އަގު ބޮޑުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރ އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ އިސްވެރިންގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ވެރިކަންކުރާ ކޯލިޝަންގެ ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ނައިބުރައީސްގެ މަޤާމުގައި ހުންނެވި އަމީން އިބްރާހިމް މިއަދު ވިދާޅުވީ ގައުމުގެ އިސް ވެރިންގެ މެދުގައި ފެތުރިފައި ހުރި ކަމަށް އެމީހުން އަމިއްލައަށް އިޝްތިހާރުކުރާ ލަދުވެތި ޢަމަލްތަކާއި ފަތުރަމުންދާ ހަސަދައިން ލޯހުޅުވާލަން ނުކެރޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ ދިވެހި ގައުމަކީ އެންމެ މީހެއްގެ ނުވަތަ ވަކި ބައެއްގެ މިލްކެއް ނޫން ކަމަށާއި މިޤައުމަކީ މިއަދާއި މާދަމާގެ ޖީލްތަކުގެވެސް ޙައްގެއް ކަމަށެވެ. އެހެންކަމުން ދަޢުލަތް ހިންގަން އިސްކޮށް ތިބޭ ބަޔަކު ދަޢުލަތުގެ އަގު ވައްޓާލާނަމަ ޢާއްމު ފަރުދުން ދައްކަންޖެހޭ އަގު ބޮޑުވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

"މުޅި ދައުލަތުގެ އަގު ވައްޓާލާނަމަ އާންމު ފަރުދުން މާދަމާ ދައްކަންޖެހޭ އަގު ބޮޑުވާނެ." އަމީން ވިދާޅުވެފައިވެއެވެ.

އަމީން އިތުރަށް ވިދާޅުވީ އެއްވެސް ބަޔަކަށް އެބައެއްގެ ޒާތީ ތަޢައްޞުބާއި އަމިއްލަ އެދުމުގައި ދީނާއި ދައުލަތުގެ ނިޒާމްތަކާއި ރައްޔިތުން ގަބޫލްކުރާ ހަމަތަކާއި އަގުތަކާއި އިޖްތިމާޢީ ފޭރާން ގުރުބާން ނުކުރެވޭނެ ކަމަށެވެ.

މުޅި ދައުލަތުގެ އަގު ވައްޓާލާނަމަ އާންމު ފަރުދުން މާދަމާ ދައްކަންޖެހޭ އަގު ބޮޑުވާނެ ކަމަށް އަމީން ވިދާޅުވެފައިވާއިރު ރައީސް ޞާލިޙަށް ނިސްބަތްކޮށް ރައީސް ނަޝީދު ޒިނޭގެ ތުހުމަތު ކޮށްފައިވާކަމަށް ބުނާ ވަޓްސްއެޕް މެސެޖްތަކެއް މީސް މީޑިއާގައިދަނީ ދައުރުވަމުންނެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރަށް ތުހުމަތުކުރާ އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލާގައި ނާޒިމް ހައްޔަރުކޮށް މުއްދަތު ޖެހުމާ ގުޅިގެން ރައީސް ނަޝީދާއި އެމްޑީޕީގެ އިސްސަފުގައި ތިއްބެވި އެމަނިކުފާނުގެ ޢާއިލީ ބޭފުޅުން ވަނީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ޢަމަލުތަކެއް ދަޢުލަތުގެ ބައެއް އިސްވެރިން ކުރެއްވިކަމަށް ތުހުމަތުކޮށްފައިކަމަށް ދައުރުވަމުންދާ މެސެޖުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު